
އެއާ އެމްބިއުލާންސް ހިދުމަތަށް އެމްއޭސީއެލްގެ މުވައްޒަފުން ތަމްރީންކޮށްފި
# އެމްއޭސީއެލް# މޯލްޑިވްސް އެއާއެމްބިއުލާންސް ސާވިސްއެމްއޭސީއެލުން ކުރިޔަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް
މާދަމާ ފަށާ އެއާ އެމްބިއުލާންސް ހިދުމަތަށް އެމްއޭސީއެލްގެ މުވައްޒަފުން ތަމްރީންކޮށްފި އެވެ.

އެމްއޭސީއެލުން މިއަދު ބުނީ ވީއައިއޭގައި އެއަރ އެމްބިއުލާންސް އޮޕަރޭޝަންތައް ފެށުމަށް ތައްޔާރުވުމުގެ ގޮތުން، ރޭމްޕް ސަރވިސަސް ޑިޕާޓްމަންޓާއި ޓާމިނަލް ސަރވިސަސް ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ޕޭޝަންޓް ހޭންޑްލިންގ ޓްރެއިނިން އެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން މި ޓްރެއިނިން ކުރިޔަށް ގެންގޮސްފައިވަނީ އެއަރޕޯޓް އިމަރޖެންސީ ސަރވިސަސް ޑިޕާޓްމަންޓުން ކަމަށް އެމްއޭސީއެލުން ބުނެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާއެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. އެގޮތުން މި ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ހެލްތު މިނިސްޓްރީއާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެންނެވެ. މި ހިދުމަތް މޯލްޑިވިއަންއިން އަންނަނީ ޑޭޝް 8 މަރުކާގެ ބޯޓަކާއި ސީޕްލޭނެއް ކަސްޓަމައިޒްކުރަމުންނެވެ.
މި ހިދުމަތާއި އެކު ކުއްލި ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ފަސޭހަވެގެން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އެއާއެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެއާއެމްބިއުލާންސް ސާވިސަސް ނަމުގައި އެވެ.
ގުޅުންހުރި

އެމްއޭސީއެލްގެ މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރިކުރުވުމަށްޓަކައި ސިލްސިލާ އެވެއަރނަސް ޕްރޮގްރާމެއް ފަށައިފި

ވީއައިއޭގެ ހަޔާތުގައި ކުރިޔަށް އޮތް އަހަރަކީ ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްޤީވެގެންދާނެ އަހަރެއް!

ވީއައިއޭގެ ޓެކްސީވޭ ޗާރލީ އަލުން ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
