logoEN
cocacola
އެމްއޭސީއެލް ވެހިކަލް ވަގަށް ނެގި މައްސަލައިގައި އަދިވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ

އެމްއޭސީއެލް ވެހިކަލް ވަގަށް ނެގި މައްސަލައިގައި އަދިވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ

# ފުލުހުން# އެމްއޭސީއެލް

ފޮޓޯ: އެމްވީކްރައިސިސް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ވެހިކަލް ވަގަށް ނެގި މައްސަލާގައި އަދިވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގޮސިޔާ

ފުލުހުން މިއަދު ވިދާޅުވީ, އެމްއޭސީއެލް ވެހިކަލް ވަގަށް ނެގި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އެމްއޭސީއެލް އިން ގެއްލުނު ވެހިކަލަކީ އެކުންފުނީ މެނޭޖިންގ ޑިރެކްޓަރ ދަތުރުކުރުމަށް ބޭނުންކުރަމުން އައި ވެހިކަލެކެވެ. މިދިޔަ އޭޕްރިލް މަހު 28ވަނަ ދުވަހު ގެއްލިގެން ހޯދަމުންދިޔަ އެމްއޭސީއެލް ވެހިކަލް ހޯދާފައިވަނީ އޭޕްރިލް 31ވަނަ ދުވަހުގެ ރޭ މާލެ އަބަދަށްފެހި މަގުގައި ހުންނަ ގަރާޖެއްގެ ތެރެއިންނެވެ.

މި ގަރާޖުން އެމްއޭސީއެލް ވެހިކަލްގެ އިތުރުން އެހެން ވެހިކަލެއްވެސް ފުލުހުން ވަނީ ޓޯވ ކޮށްފައެވެ. ދެން ޓޯވ ކުރި ވެހިކަލާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ވިދާޅުވީ މި މައްސަލައަކީ މިހާރު ތަހުގީގުކުރަމުން އަންނަ މައްސަލައެއް ކަމަށެވެ. ބެލެވޭ ގޮތުގައި އެއީވެސް ވަގަށް ނަގާފައިވާ ވެހިކަލެކެވެ.

އެމްއޭސީއެލް ވެހިކަލް ވަގަށް ނަގާފައިވަނީ އެއާޕޯޓްގެ ހައި ސެކިއުރިޓީ ޒޯނެއްގައި އޮއްވައި ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ވެހިކަލް އެތަނުން ގެންގޮސްފައިވަނީ ނަންބަރު ބޯޑު ބަދަލުކޮށްގެން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ