logoEN
cocacola
ފަހަތުން އަރައި އިއްތިހާދު ބަލިކޮށް އަލް ހިލާލުން އެއްވަނާގައި 9 ޕޮއިންޓްގެ ލީޑެއް ނަގައިފި

ފަހަތުން އަރައި އިއްތިހާދު ބަލިކޮށް އަލް ހިލާލުން އެއްވަނާގައި 9 ޕޮއިންޓްގެ ލީޑެއް ނަގައިފި

ހަސަން ޝަމްއޫން

logo

3/2/2024, 12:00:00 AM

# އަލް އިއްތިހާދު# އަލް ހިލާލް # ބޭރު ދުނިޔޭގެ ކުޅިވަރު# ސައުދީ ޕްރޮފެޝަނަލް ލީގު

ކަންޓޭ އަލް ހިލާލް ކޮޅަށް ލަނޑު ޖަހަނީ..

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރުދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޗެންޕިއަން އަލް އިއްތިހާދާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން މޮޅުވެ އަލް ހިލާލުން ލީގު ތާވަލުގެ ކުރީގައި 9 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ގޮސިޔާ

މިދެޓީމު އެންމެ ފަހުން ކުޅުނު ދެމެޗުން ވެސް އަލް ހިލާލް މޮޅުވެފައި ވާއިރު، މިއީ ލީގުގައި އަލް ހިލާލް ޖެހިޖެހިގެން މޮޅުވި 15 ވަނަ މެޗެވެ. އަދި އެޓީމު އެންމެ ފަހުން ކުޅުނު 25 މެޗުން ވެސް މޮޅުވެފައިިވާ އިރު، އެޓީމު އެންމެ ފަހުން މެޗަކުން ބަލިވެފައި ވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހު އެވެ.

އަރަބި ކުލަބު ޗެންޕިްއަންސް ކަޕްގެ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން އަލް ނަސްރު އަތުން އެޓީމު ބަލިވި ފަހުން މިހާތަނަށް ކުޅުނު ވާދަވެރި އެއްވެސް މެޗަކުން އަލް ހިލާލް ބަލިވެފައެއް ނުވެއެވެ.

އަލް ހިލާލްގެ ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް އިއްތިހާދުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އެވެ.

އަލް ހިލާލުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ސާލިހު އަލް ޝެހްރީ އެވެ. އަދި ލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އަލް ހިލާލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް މަލްކޮމް އެވެ.

މިއީ އެޓީމުގެ ސާބިއާ މިޑްފިލްޑަރު ސަވިޗް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސައުދީ ޑިފެންޑަރު ސައުދު އަބްދުލްހާމިދު އެވެ.

މިއީ ސަވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކައިރީގައި ތިބި ދެކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ވަރަށް ހަމަޖެހިލާފައި ގީލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 22 މެޗުން އަލް ހިލާލްއަށް 62 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި ދެވަނަގައި އޮތް އަލް ނަސްރަށް 22 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި އެންމެ ފަހުގެ ޗެމްޕިއަން އަލް އިއްތިހާދުން ލީގުގައި ކުޅުނު 22 މެޗުން ލިބުނު 37 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ފަސްވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ