![ޕެނަލްޓީގައި ވަރުގަދަ ތިމަރަފުށި ބަލިކޮށް އޭދަފުށި ސެމީ ފައިނަލުން ޖާގަ ހޯދައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F3%2FIMG_20240302_004051.jpg&w=3840&q=75)
ޕެނަލްޓީގައި ވަރުގަދަ ތިމަރަފުށި ބަލިކޮށް އޭދަފުށި ސެމީ ފައިނަލުން ޖާގަ ހޯދައިފި
# ގޯލްޑަން ފުޓްސަލް ޗެލެންޖު 2024# ތ. ތިމަރަފުށި # ދިވެހި ކުޅިވަރު # ބ. އޭދަފުށިތިމަރަފުށި ކަޓުވާލުމަށްފަހު އޭދަފުށީ ގެ ކުޅުންތެރިން އުފާފާޅުކުރަނީ
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ކުއާޓާ ފައިނަލުގެ ހަތަރުވަނަ މެޗުގައި ތ. ތިމަރަފުއްޓާއި ބ. އޭދަފުށި ވާދަކުރި މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 7-6 ގެ ނަތީޖާއަކުން މޮޅުވެ، އޭދަފުށިން މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުށި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި ރައުންޑް އޮފް 16 ގައި ފަސޭހަކަމާއި އެކު 4-1 ގެ ނަތީޖާއަކުން ހއ. އުތީމު ބަލިކުރުމަށްފަހު އެވެ. އަދި އޭދަފުށި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި ރައުންޑް އޮފް 16 ގައި މާފަންނާއި ދެކޮޅަށް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 5-7 ގެ ނަތީޖާއަކުން އެޓީމު ބަލިކުރުމަށްފަހު އެވެ.
ހުޅުމާލޭ ރެހެންދި ދެ ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގެ ވަރަށް ކުރީކޮޅު އޭދަފުށިން ވަނީ ދެލަނޑު ލީޑެއް ނަގާފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު މެޗު ފެށިގެން 6 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ފާސިރު އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އޭނާ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ތިމަރަފުށިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އަފްލާޒް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އޭދަފުށި ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ އޭދަފުށިން ނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ލަނޑުގެ ލީޑެއް ހޯދާފައެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ތިމަރަފުށިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް މުނީޒް އެވެ.
ތިމަރަފުށިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އިބްރާހިމް ސިނާހް އެވެ. އަދި މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އޭދަފުށިން ކުރިހޯދީ 6-7 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އޭދަފުށީ ޓީމުގެ މުހައްމަދު ފާސިރު އެވެ.
ގުޅުންހުރި
![އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަންގެ އެންމެންގެ ޑްރެގް ޗެންޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F1000013940.jpg&w=3840&q=75)
އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަންގެ އެންމެންގެ ޑްރެގް ޗެންޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
![އޮލިމްޕިކްސްގައި މިފަހަރު ދިވެހި ދިދަ އުފުލުމުގެ ޝަރަފް ދީމާ އާއި އިބާދުﷲ އަށް](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F1000013762.jpg&w=3840&q=75)
އޮލިމްޕިކްސްގައި މިފަހަރު ދިވެހި ދިދަ އުފުލުމުގެ ޝަރަފް ދީމާ އާއި އިބާދުﷲ އަށް
![50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ޢުލްޔާ އާކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F1000013737.jpg&w=3840&q=75)
50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ޢުލްޔާ އާކޮށްފި
![ކާވާ މުބާރާތަކީ ޒުވާން ކުޅުންތެރިންނަށް ކޮށައިދެވޭ އާ މަގެއް - ރާފިއު](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F451684286_910291667804265_4199904828665430022_n-1721382601434.webp&w=3840&q=75)