
އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީ ޕްލޭން މާދަމާއިން ފެށިގެން އޮޕަރޭޝަނަށް!
# އެއާއެމްބިއުލާންސް# މޯލްޑިވިއަންއެއާ އެމްބިއުލާންސްގައި ބޭނުންކުރާ ސީޕްލޭން
ރާއްޖޭގެ އެއާ އެމްބިއުލާންސްގެ ހިދުމަތުގައި ބޭނުންކުރާ ސީއެމްބިއުލާންސް މާދަމާއިން ފެށިގެން އޮޕަރޭޝަންގައި ބޭނުންކުރަން ނިންމައިފި އެވެ.

މޯލްޑިވިއަންއިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސީޕްލޭން އެއަރ އެމްބިއުލާންސް މާދަމާއިން ފެށިގެން ދަތުރުތަކުގައި ބޭނުންކުރަން ފަށާނެ ކަމަށެވެ. އެގޮތުން އޮޕަރޭޝަންގައި ބޭނުންކުރާނެ ސީއެމްބިއުލާންސް މިހާރު ވަނީ އޮޕަރޭޝަނަށް އެއްކޮށް ތައްޔާރުވެފައިކަންވެސް މޯލްޑިވިއަންއިން ވަނީ ހާމަކޮށްފައި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ހަރުދަނާ އުޞޫލެއްގެ ތެރެއިން ދިނުމަށް މިހާރު ބޭނުންކުރަމުންދަނީ ޑޭޝް 8 މަރުކާގެ ބޯޓެކެވެ.
އެހެންނަމަވެސް އަތޮޅުތަކުގެ ގިނަ ރަށްތަކަކީ އެއަރޕޯޓުގެ ޚިދުމަތް ލިބެން ނެތް ތަންތަނަށްވުމުން ނޭޝަނަލް އެމްބިއުލާންސް ސަރވިސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ވަށާޖެހޭ ގޮތަކަށް ދިނުމަށް ސީޕްލޭންގެ ބޭނުން ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މި އޮޕަރޭޝަނަށް ތައްޔާރުކުރި ސީޕްލޭންއަކީ މީގެ ކުރިން މޯލްޑިވިއަންއިން ސީޕްލޭންސްގެ ހިދުމަތުގައި ބޭނުންކުރި ޓުވިން އޮޓާ މަރުކާގެ ބޯޓެކެވެ
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފެށީ މިމަހުގެ 1 ވަނަ ދުވަހު އެވެ.
ގުޅުންހުރި

މޯލްޑިވިއަންއިން މެލޭޝިއާއަށް ކުރުމަށް ނިންމާފައިވާ ޚާއްސަ ދަތުރުތަކުގެ އަގު ހެޔޮކޮށްފި

މޯލްޑިވިއަންއިން މެލޭޝިއާއަށް ޚާއްސަ ދަތުރުތަކެއް: ވަރަށް އަގު ހެޔޮ!

އީދާއި ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފި
