
ސީޕްލޭން އެއާ އެމްބިއުލާންސްގައި ފުރަތަމަ ފަހަރަށް ބަލި މީހަކު އުފުލައިފި
# މޯލްޑިވިއަން# އެއާއެމްބިއުލާންސްސީޕްލޭން އެއާއެމްބިއުލާންސްގެ ފުރަތަމަ ދަތުރު
މިމަހު އެއްވަނަ ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތާއި ދާދި ފަހުން ގުޅުނު ސީޕްލޭންސްގައި ފުރަތަމަ ފަހަރަށް ބަލި މީހަކު އުފުލައިފި އެވެ.

އެއާއެމްބިއުލާންސްގެ ބޯޓުތައް އޮޕަރޭޓްކުރާ މޯލްޑިވިއަންއިން މިއަދު ބުނީ ސީޕްލޭން އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރުގައި އިމަޖެންސީގައި ކުޑަހުވަދޫން ވަނީ މީހަކު މާލެ ގެނެސްދީފަވާ ކަމަށެވެ. އެގޮތުން ސީޕްލޭން އެއަ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ކޮށްފައިވަނީ މިއަދު މެންދުރު ފަހު އެވެ.
އެއާ އެންބިއުލޭންސްގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ސީ ޕްލޭން އެއާ އެންބިއުލެންސްގެ ހިދުމަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ސީ ޕްލޭން އެއާ އެމްބިއުލެންސްގެ ގޮތުގައި ބޭނުންކުރަނީ ޑީއެޗްސީ-6 ގެ ޓްއިން އޮޓޯ އެއާ ކްރާފްޓެކެވެ. އެ ޕްލެއިންގައި ރާއްޖޭގެ ރަށްތައް ސީދާ ދަތުރުކުރެވޭނެެއެވެ. އަދި އެ ޕްލޭންގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ އާލަތްތައް ވެސް ވަނީ ގާއިމްކޮށްފައި އެވެ.
އެއާ އެންބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ދެނީ ސިއްހީ ވުޒާރާއާއި އާސަންދާއާއި އެންސްސްޕާއާއި ދަތުރުފަތުރާއި މަދަނީ ހިދުމަތްތަކާއިބެހޭ ވުޒާރާއި މޯލްޑިވިއަންއާއި ގުޅިގެންނެވެ. މި ހިދުމަތުގައި ދެން ބޭނުންކުރަނީ މޯލްޑިވިއަންގެ ޑޭޝް8 މަރުކާގެ މަތިންދާބޯޓެކެވެ.
ގުޅުންހުރި

މޯލްޑިވިއަންއިން މެލޭޝިއާއަށް ކުރުމަށް ނިންމާފައިވާ ޚާއްސަ ދަތުރުތަކުގެ އަގު ހެޔޮކޮށްފި

މޯލްޑިވިއަންއިން މެލޭޝިއާއަށް ޚާއްސަ ދަތުރުތަކެއް: ވަރަށް އަގު ހެޔޮ!

އީދާއި ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފި
