logoEN
cocacola
މޯލްޑިވިއަންއިން ކޮލަމްބޯއަށް ދަތުރުތައް ފަށަން ނިންމައިފި, ދެކޮޅު 3,424 ރުފިޔާއަށް!

މޯލްޑިވިއަންއިން ކޮލަމްބޯއަށް ދަތުރުތައް ފަށަން ނިންމައިފި, ދެކޮޅު 3,424 ރުފިޔާއަށް!

އަހުމަދު ޝުރާއު

logo

2/29/2024, 10:31:40 AM

# މޯލްޑިވިއަން# ރާއްޖެ - ސްރީލަންކާ

މޯލްޑިވިއަން

ރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންއިން އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމައިފި އެވެ.

ގޮސިޔާ

މޯލްޑިވިއަންއިން ދާދި ދެންމެ އަކު ނެރުނު ބަޔާނެއްގައި ބުނީ ސްރީލަންކާގެ ކޮލަމްބޯގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް އޭޕްރީލް މަހުން ފެށިގެން ހިދުމަތް ދޭން ފަށަން އެއެއާލައިނުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދަތުރުތައް ރަސްމީކޮށް ފެށުމަށް ނިންމާފައިވަނީ އޭޕްރިލް 25 ވަނަ ދުވަހު އެވެ.

View post on Twitter

ލަންކާއަށް ދަތުރުތައް ފެށުމާއި ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަލްފާޟިލް އިބްރާހިމް އިޔާސް ވިދާޅުވީ މި ރޫޓާއި އެކު ރާއްޖެއާއި ލަންކާއި ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށާެވެ. އަދި މިއީ އެއެއާލައިންގެ ބައިނަލްއަޤްވާމީ ނެޓްވޯކް ފުޅާވެކުރުމުގެ ގޮތުން ކުރެވޭެ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއްކަންވެސަް އިޔާސް ފާހަގަކުރެއްވި އެވެ.

އިޔާސް ވަނީ މި ހިދުމަތް ފެށުމަށްޓަކައި މޯލްޑިވިއަންއަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެެ.

އޭޕްރިލް މަހު ފަށާ މި ރޫޓުގެ ދަތުރުތަކަށް މިއަދުން ފެށިގެން ޓިކެޓު ބުކްކުރެވޭނެ ކަމަށް މޯލްޑިވިއަންއިން ބުނެެއެވެ. އެގޮތުން މޯލްޑިވިއަންގެ ވެބްސައިޓާއި މޯބައިލް އެޕް އަދި އެއާލައިންގެ ޓިކެޓިންގ އޮފީސްތައް މެދުވެރިކޮށް ޓިކެޓު ބުކްކޮށްލެވޭނެ އެވެ.

undefinedމޯލްޑިވިއަންއިން ލަންކާއަށް ކުރާ ދަތުރުތަކުގެ އަގުތައް

މޯލްޑިވިއަންއިން ކޮލަމްބޯއަށް ކުރާ ދަތުރުތަކުގައި އެންމެ އަގުހެޔޮކޮށް ދެކޮޅު ޓިކެޓު އަގު އުޅެނީ 3424 ރުފިޔާ އަށެވެ. ޓިކެޓުތަކުގެ އަގުތައް އެކި ކްލާސްތަކުގައި ތަފާތެވެ.

ލަންކާއަަށް މޯލްޑިވިއަންއިން ޝެޑިއުލް ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ހަފްތާއަކު ދެދުވަހު އެވެ. އެއީ ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ 320 މަރުކާގެ ބޯޓެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ