logoEN
Sto top
މޯލްޑިވިއަންގެ ފުރަތަމަ އިންޖިނިއަރިން ސަރވިސް އިމާރާތް ހުޅުވައިފ: ޚާއްސަކުރީ މަރްހޫމް އަލީ ފިރާޤަށް!

މޯލްޑިވިއަންގެ ފުރަތަމަ އިންޖިނިއަރިން ސަރވިސް އިމާރާތް ހުޅުވައިފ: ޚާއްސަކުރީ މަރްހޫމް އަލީ ފިރާޤަށް!

އަހުމަދު ޝުރާއު

logo

7/6/2025, 6:35:24 PM

# މޯލްޑިވިއަން

-

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (މޯލްޑިވިއަން) ގެ ފުރަތަމަ އިންޖިނިއަރިން ސަރވިސް ބިލްޑިން، "އަލީ ފިރާޤް އިންޖިނިއަރިން ސަރވިސް ބިލްޑިން" ގެ ނަމުގައި ރަސްމީކޮށް ހުޅުވައިފިއެވެ.

Wamco

މި އިމާރާތް ހުޅުވާފައިވަނީ، އެ ކުންފުނީގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރެއްވި އަލްމަރްހޫމް އަލީ ފިރާޤްގެ ހަނދާނުގައި، އެމަނިކުފާނުގެ ނަމާއި ގުޅުވައިގެންނެވެ.

މި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި މިކަމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ މުޙައްމަދު އަމީނާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ.

މޯލްޑިވިއަންގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުން ފާހަގަކުރާ ގޮތުގައި، މި އައު އިމާރާތާއިއެކު މަސައްކަތްތައް އިތުރަށް އަވަސްވެ، މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވީ، މިއީ މޯލްޑިވިއަންގެ ހަޔާތުގައި ވަރަށް ތާރީޚީ ދުވަހެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އަދުގެ ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް 1 އަހަރު ނުވަތަ 2 އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުންކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިފަދަ މެއިންޓަނަންސް ފެސިލިޓީއެއް ހުޅުވިގެން ދިއުމަކީ މޯލްޑިވިއަންގެ މެއިންޓަނަންސާއި އަދި ކުރަމުންދާ ޚަރަދުތަކަށް ލުއިތަކެއް ލިބި، ސަލާމަތާއި ރައްކާތެރިކަންވެސް އިތުރުވެގެންދާނެ ކަމެއް ކަމުގައެވެ. މީގެ އިތުރުން، ރާއްޖެއަށް އަންނަ ގިނަ އެއަރލައިންތަކެއްގެ މެއިންޓަނަންސްގެ ޚިދުމަތް މޯލްޑިވިއަނުން ދެމުންދާއިރު، މި އައު ސަރވިސް ފެސިލިޓީއާއެކު މިކަމަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި އިމާރާތާއި ފެސިލިޓީ ތައްޔާރުކުރުމަށް 10 ވަރަކަށް އަހަރު ނެގިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މިތަން ހުޅުވިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ މިއަދު މިކަންކަމަށް ދެއްވާ ޚާއްސަ އަހައްމިއްޔަތުކަމުގެ ސަބަބުންކަމަށެވެ. މި ސަރުކާރުން މިހާރު ކުރަމުންދަނީ މޯލްޑިވިއަންއަކީ ޤައުމީ އެއަރލައިނަށް ވުމާއިއެކު، ޤައުމީ އެއަރލައިންގެ މަގާމަށް އެއަރލައިން ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައްކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside