
--
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް އަލަން ގެންނަން ހަމަޖެހިފައިވާ އޭޓީއާރް މަތިންދާބޯޓުގެ ޓެސްޓު ފްލައިޓަށް ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަންއިން މިއަދު ބުނީ އެއާލައިންގެ އާ މަތިންދާބޯޓު ޓެސްޓް ފްލައިޓަށް ފްރާންސްގެ ޓޫލޫސްގައި ހުންނަ އޭޓީއާރު ޑެލިވަރީ ސެންޓަރުގައި މިހާރު ތައްުޔާރުވެފައިވާ ކަމަށެވެ. އެގޮތުން ފްލައިޓު ރަސްމީކޮށް މޯލްޑިވިއަންއާއި ހަވާލުކުރުމުގެ ކުރީން ކުރިޔަށް ގެންދާ ޓެސްޓު ފްލައިޓް ކުރިއަށް ގެންދާނީ އެކުންފުނީގެ ޗީފް ޕައިލެޓް ކެޕްޓަން އަބްދުالله ނާފިޒް އާއި އޭޓީއާރުގެ ޗީފް ޓެސްޓް ޕައިލެޓެއްގެ ބެލުމުގެ ދަށުން ކަމަށްވެސް މޯލްޑިވިއަންއިން ވަނީ ބުނެފައި އެވެ.
މޯލްޑިވިއަންއިން މިއަދު ވަނީ އެއެއާލައިންގެ ފްލީޓާއި އަލަށް ގުޅޭ މި މަތިންދާބޯޓުގެ ފޮޓޯއެއްވެސް އާންމުކޮށްފައި އެވެ.
މޯލްޑިވިއަން އިން މިހާރު ބޭނުންކުރަމުން އަންނަ ދުވަސްވީ ޑޭޝް-8 މަރުކާގެ އެއާކްރާފްޓްތައް ބޭނުންކުރުން ހުއްޓާލައި އެއާލައިނުން މަސައްކަތް ކުރަމުން އަންނަނީ އޭޓީއާރް އެއާކްރާފްޓްތަކުގެ ފްލީޓެއް ގާއިމްކުރުމަށެވެ. އެގޮތުން ފްރާންސްގެ އޭޓީއާރު ކުންފުނިން މުޅިން އާ ހަތަރު މަތިންދާބޯޓެއް ގަނެގެން މިހާރުވެސް މޯލްޑިވިއަނުން އަންނަނީ ބޭނުން ކުރަމުންނެވެ. އެއީ އޭޓީއާރް 600-72 މަރުކާގެ ދެ އެއާކްރާފްޓާއި އޭޓީއާރް 600-42 މަރުކާގެ ދެ ބޯޓެކެވެ.
އެއާލައިންގެ ފްލީޓާއި އަލަށް ގުޅޭ މަތިންދާބޯޓަކީވެސް އޭޓީއާރް 600-42 މަރުކާގެ ބޯޓެކެވެ.
އޭޓީއާރް އެއާކްރާފްޓް ތަކަަކީ މޯލްޑިވިއަން އިން މިހާރު ބޭނުންކުރަމުން އަންނަ ޑޭޝް މަރުކާގެ އެއާކްރާފްޓް އަޅާބަލާއިރު އެތައް ގުނައެއް ހަރަދު ކުޑަ އެއާކްރާފްޓް ތަކެކެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ހަމަ އަސްލަށްވެސް ދިވެހީންގެ އެއާލައިން: މޯލްޑިވިއަނުން 6,000 އަށްވުރެ ގިނަ ޙާޖީންނާއި ޢުމްރާވެރިން އުފުލައިދީފި

11 ގަޑިއިރުގެ ސީދާ ދަތުރާއެކު އޮސްޓްރޭލިއާ ރާއްޖެއާ ގާތަށް!

މޯލްޑިވިއަންގެ ފްލައިޓުން އަލްކޮހޯލް ސާވިސް ދޭން އުޅޭކަމަށް ފެތުރޭ ވާހަކައަކީ ދޮގެއް- މޯލްޑިވިއަން




