logoEN
cocacola
ސަވާދީއްތަ ދަތުރުގެ ބައިވެރިން ޒީރޯ ޑިގްރީ ޗެނަލް ކާމިޔާބުކަމާއިއެކު ހުރަސްކޮށްފި

ސަވާދީއްތަ ދަތުރުގެ ބައިވެރިން ޒީރޯ ޑިގްރީ ޗެނަލް ކާމިޔާބުކަމާއިއެކު ހުރަސްކޮށްފި

އަހުމަދު ޝުރާއު

logo

2/28/2024, 6:14:46 PM

# ސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރުގެ ބައިވެރިން އީކުއޭޓަރ ހުރަސްކުރުން

ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިން ބައިވެރިވާ ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށްޒީރޯ ޑިގްރީ ޗެނަލް ( އީކުއޭޓާ ) ކާމިޔާބުކަމާއި އެކު ހުރަސްކޮށްފި އެވެ.

ގޮސިޔާ

އެމްއައިޓީޑީސީއިން ބުނީ ސަވާދީއްތަ ދަތުރުގެ ބައިވެރިން އީކުއޭޓާރ ހުރަސްކުރީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އެގޮތުން ދަތުރުގެ ބައިވެރިން ކަާމިޔާބުކަމާއި އެކު އީކުއޭޓަރ ހުރަސްކޮށް ރާއްޖޭގެ މެެރިޓައިމްގައި އެންމެ ފާހަގަކޮށްލެވޭ އެއް ޕެސެޖް ފުރިހަމަކޮށްފައިވާ ކަން އެމްއައިޓީޑީސީއިން ފާހަގަކުރެއެވެ. އެމްއައިޓީޑީސީއިން ބުނީ ޒީރޯ ޑިގްރީ ޗެނަލް ހުރަސްކުރެވުމުގެ ފަހުރުވެރި ކާމިޔާބީއަށްފަހު ސަވާދިއްތަ ދަތުރުގެ ބައިވެރިންގެ ފަރާތުން ފެނިގެން ދަނީ އުފާވެރިކަން ކަމަށެވެ.

ޒީރޯ ޑިގްރީ ޗެނަލަކީ ރާއްޖޭގެ އެންމެ މުހިންމު އެއް މެރިޓައިމް ޕެސެޖެކެވެ. އައްޑޫއާއި ހުވަދު އަތޮޅާއި ދެމެދު އޮންނަ އީކުއޭޓަރ އަށް ނަން ދެވިފައިވަނީ "ޒީރޯ ޑިގްރީ ޗެނަލް" ގެ ނަމުންނެވެ. މި ޗެނަލުން ހުވަދު އަތޮޅު އުތުރަށް އަދި އައްޑު އަތޮޅު ދެކުނަށް ވަކިކޮށްދެ އެވެ.

އީކުއޭޓަރ ހުރަސްކޮށް ސަވާދީއްތަ ދަތުރުގެ ބައިވެރިން މިހާރު ވަނީ އައްޑޫ ސިޓީގައި ބަނދަރުކޮށްފައި އެވެ. އައްޑޫ ސިޓީއަކީ ދަތުރުގެ ފަހު މަންޒިލެވެ.

މިމަހުގެ 10 ވަނަ ދުވަހު ފެށި މި ތާރީހީ ދަތުރުގައި ދިހަ ޔޮޓަކުން 55 ދަތުރުވެރިން ބައިވެރިވެއެވެ. ރެލީގައި ބައިވެރިވަނީ އޮސްޓްރޭލިޔާއާއި އިނގިޜޭސިވިލާތާއި ފަރަންސޭސިވިލާތާއި ފިންލޭންޑާއި ޢަރަބި އެކުވެރި އިމާރާތް (ޔޫއޭއީ)ގެ ޔޮޓްތަކެވެ.

މިއަހަރުގެ ރެލީގެވެސް ޓައިޓަލް ސްޕޮންސަރަކީ މީގެ ކުރީ ދެ އެޑިޝަންގެވެސް ޓައިޓަލް ސްޕޮންސަރ ކަމަށްވާ އެމްޓީސީސީއެވެ. އަދި ހޯސްޓިންގ ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސާފައިވާއިރު ސްޓެލްކޯ، އެސްޓީއޯ، އެމްޕީއެލް، އެމްޓީޑީސީ، މޯލްޑިވިއަން އަދި ވޮޔޭޖަސް މޯލްޑިވްސް އަކީ އިތުރު ޕާޓްނަރުންނެވެ.

މީގެ އިތުރުން ޓޫރިޒަމްގެ އިލްމީ ދިރާސާތައްކުރާ ބައިނަލްއަގްވާމީ ޖަމާއަތެއްކަމުގައިވާ "އިންޓަނޭޝަނަލް ޓޫރިޒަމް ސްޓަޑީސް އެސޯސިއޭޝަން" ގެ ފަރާތުން ވަނީ 2024 ވަނަ އަހަރުގެ ޔޮޓްރެލީ އެންޑޯޒްކޮށްފަ އެވެ.

ސަވާދީއްތަ ދަތުރަކީ ދިވެހިރާއްޖޭގެ ޓުވަރިޒަމް އިންޑަސްޓްރީގެ އިތުރުން ބައިނަލްއަގްވާމީ ސެއިލް ކޮމިޔުނިޓީ ބަލައިގަނެފައިވާ އިވެންޓެކެވެ. އަދި ހަމައެހެންމެ މި އިވެންޓަކީ ދިވެހިރާއްޖޭގެ ޒަމާންވީ ތާރީހާއި، ސަގާފަތާއި ފަންނުވެރިކަން އަދި ކެއިންބުއިމުގެ އާދަތަކާއި، އެހާރާއި މިހާރުގެ ދިވެހިންގެ ކުޅިވަރުތައް، މުޅި ދުނިޔެއަށް ދައްކުވައިދިނުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ރިޔަލު ދޯނީގައި މާސިންގާ ކަނޑުތައް ހުރަސްކޮށް، ރާއްޖެ އާއި ބޭރުގެ ކަރަތަކަށް ދަތުރުކުރި ކުޅަދާނަ ބައެކެވެ. ސަވާދީއްތަ ދަތުރުގެ އެންމެ ބޮޑު އެއް މަގްސަދަކީވެސް، ދިވެހިންގެ ގަދީމީ މި ހުނަރު ދިރުވާ އާލާކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް، މުޅިން ތަފާތު ނަޒަރަކުން ދުނިޔެއަށް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

2022 އަދި 2023 ވަނަ އަހަރު ބޭއްވުނު ސަވާދީއްތަ ދަތުރުތަކުގެ ނަތީޖާ އާއި ބައިވެރިންގެ ފަރާތުން ލިބުނު ޚިޔާލުތަކާއި މަޝްވަރާތަކުގެ އަލީގައި، 2024 ވަނަ އަހަރު ބޭއްވުމަށް ކަނޑައެޅިފައިވާ "ސަވާދީއްތަ ދަތުރު 3" އަށް މިވަނީ ގިނަ ބަދަލުތަކެއް ގެނެވިފަ އެވެ. އަދި މިފަހަރުގެ ދަތުރަކީ، ފުރަތަމަ ފަހަރަށް އީކުއޭޓާ ހުރަސް ކުރުމާއި އަދި ރާއްޖޭގެ ބޮޑު 2 ކަނޑު ހުރަސްކުރި ރެލީއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ