logoEN
cocacola
މިއަހަރުގެ ސަވާދީއްތަ ދަތުރު ކުޑަގިރިން ފަށައިފި

މިއަހަރުގެ ސަވާދީއްތަ ދަތުރު ކުޑަގިރިން ފަށައިފި

އަހުމަދު ޝުރާއު

logo

2/10/2024, 5:07:00 PM

# ސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރު ފެށުން: މިއަހަރުގެ ދަތުރު ފަށާފައިވަނީ މިއަދު ހަވީރު ކ އަތޮޅު ކުޑަގިރިން:- ފޮޓޯ | އެމްއައިޓީޑީސީ

އެމްއައިޓީޑީސީ ގެ ފަރާތުން އަހަރަކު އެއްފަހަރު ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދެވޭ އިންޓަނޭޝަނަލް ޔޮޓްރެލީ "ސަވާދީއްތަ ދަތުރު" ގެ ތިން ވަނަ އެޑިޝަން ރަސްމީކޮށް ފަށައިފި އެވެ.

ގޮސިޔާ

މިއަހަރުގެ ސަވާދީއްތަ ދަތުރު ރަސްމީކޮށް ފަށާފައިވަނީ މިއަދު ހަވީރު މާލެ އަތޮޅުގެ ކުޑަގިރިންނެވެ. މިއަދު ކުޑަގިރީގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މިއަހަރުގެ ސަވާދީއްތަ ދަތުރު ރަސްމީކޮށް ފައްޓަވައި ދެއްވީ ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އެވެ.

އެރަސައްމިއްޔާތުގައި މި ހަރަކާތް ފައްޓަވައިދެއްވައި ވާހަކަފުޅު ދެއްކެވީ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ ޝިއުނާ ޚާލިދެވެ. އެކަމަނާ ވަނީ މި ދަތުރުގެ މުހިންމުކަމާއި ރާއްޖޭގެ ކަނޑުތަކުގެ ގާބިލުކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ އެއްވުމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓުއާ ގައިޑް ޓްރެއިނިން ޕްރޮގްރާމުގެ މައުލޫމާތު އަލިއަޅުއްވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ ފާތުމަތު ތައުފީޤް ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާއި، ފަތުރުވެރިކަމުގައި ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

View post on Twitter

އެމްއައިޓީޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ނިޝްވާން ޢައްބާސް ދެއްކެވި ވާހަކަފުޅުގައި މެހެމާނުން ޒިޔާރަތްކުރާ ރަށްތަކަކީ ސަޤާފީ ގޮތުން މުއްސަނދި އަދި ތަފާތު ރަށްތަކެއްކަން ފާހަގަކުރައްވައި ހުރިހާ މެހެމާނުންނަށްވެސް އުފާވެރި ވަގުތުކޮޅެއް ހޭދަކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައި އެވެ.

މިއަހަރުގެ ސަވާދީއްތަ ދަތުރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ "ރާއްޖެ: ބޮޑު ހިތެއް އޮތް ކުޑަ ގައުމެއް" މި ޝިއާރުގެ ދަށުންނެވެ.

"ސަވާދީއްތަ ދަތުރު" ގެ ތިން ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 10 އިން 29 އަށެވެ.

މިއަހަރުގެ ސަވާދީއްތަ ދަތުރު ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ވ. ފުލިދޫ، މ. މުލި، ލ. ގަން، ލ. ފޮނަދޫ، ގއ. ކޮލަމާފުށި، ގދ. ހޯނޑެއްދޫ، ސ. ހިތަދޫ އަދި ސ. ގަން އެވެ. މި އަހަރުގެ ރެލީގައި 10 ޔޮޓް ބައިވެރިވެފައިވެއެވެ.

"ސަވާދީއްތަ ދަތުރު 2024" ތިންވަނަ އެޑިޝަން ނިންމާލުމުގެ ރަސްމިއްޔާތުގެ ގާލާނައިޓް ބޭއްވުމަށް ގަސްސްދުކޮށްފައި ވަނީ އައްޑޫގަ އެވެ.

މިއަހަރުގެ ދަތުރުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ މިދަތުރުގެ ބައިވެރިން ރާއްޖޭގެ އެންމެ ގަދަ އެއް ކަނޑު ކަމަށްވާ ހުވަދޫ ކަނޑޫ (1،/، ޗެނަލް) ހުރަސްކުރުމެވެ.

View post on Twitter

"ސަވާދީއްތަ ދަތުރު 2024" އެންޑޯޒްކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޓުއަރިޒަމް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް، މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އެންފޯމޭޝަން އެންޑް އާޓްސް، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ހިމެނެއެވެ. އިތުރު އެންޑޯސްމަންޓްތައް ލިބިފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ލަންޑަސްޓްރީ (މަޓީ) މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ގެ ފަރާތުންނެވެ.

މިއަހަރުގެ ރެލީގެވެސް ޓައިޓަލް ސްޕޮންސަރަކީ މީގެ ކުރީ ދެ އެޑިޝަންގެވެސް ޓައިޓަލް ސްޕޮންސަރ ކަމަށްވާ އެމްޓީސީސީއެވެ. އަދި ހޯސްޓިންގ ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސާފައިވާއިރު ސްޓެލްކޯ، އެސްޓީއޯ، އެމްޕީއެލް، އެމްޓީޑީސީ، މޯލްޑިވިއަން އަދި ވޮޔޭޖަސް މޯލްޑިވްސް އަކީ އިތުރު ޕާޓްނަރުންނެވެ.

މީގެ އިތުރުން ޓޫރިޒަމްގެ އިލްމީ ދިރާސާތައްކުރާ ބައިނަލްއަގްވާމީ ޖަމާއަތެއްކަމުގައިވާ "އިންޓަނޭޝަނަލް ޓޫރިޒަމް ސްޓަޑީސް އެސޯސިއޭޝަން" ގެ ފަރާތުން ވަނީ 2024 ވަނަ އަހަރުގެ ޔޮޓްރެލީ އެންޑޯޒްކޮށްފަ އެވެ.

ސަވާދީއްތަ ދަތުރަކީ ދިވެހިރާއްޖޭގެ ޓުވަރިޒަމް އިންޑަސްޓްރީގެ އިތުރުން ބައިނަލްއަގްވާމީ ސެއިލް ކޮމިޔުނިޓީ ބަލައިގަނެފައިވާ އިވެންޓެކެވެ. އަދި ހަމައެހެންމެ މި އިވެންޓަކީ ދިވެހިރާއްޖޭގެ ޒަމާންވީ ތާރީހާއި، ސަގާފަތާއި ފަންނުވެރިކަން އަދި ކެއިންބުއިމުގެ އާދަތަކާއި، އެހާރާއި މިހާރުގެ ދިވެހިންގެ ކުޅިވަރުތައް، މުޅި ދުނިޔެއަށް ދައްކުވައިދިނުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ރިޔަލު ދޯނީގައި މާސިންގާ ކަނޑުތައް ހުރަސްކޮށް، ރާއްޖެ އާއި ބޭރުގެ ކަރަތަކަށް ދަތުރުކުރި ކުޅަދާނަ ބައެކެވެ. ސަވާދީއްތަ ދަތުރުގެ އެންމެ ބޮޑު އެއް މަގްސަދަކީވެސް، ދިވެހިންގެ ގަދީމީ މި ހުނަރު ދިރުވާ އާލާކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް، މުޅިން ތަފާތު ނަޒަރަކުން ދުނިޔެއަށް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

2022 އަދި 2023 ވަނަ އަހަރު ބޭއްވުނު ސަވާދީއްތަ ދަތުރުތަކުގެ ނަތީޖާ އާއި ބައިވެރިންގެ ފަރާތުން ލިބުނު ޚިޔާލުތަކާއި މަޝްވަރާތަކުގެ އަލީގައި، 2024 ވަނަ އަހަރު ބޭއްވުމަށް ކަނޑައެޅިފައިވާ "ސަވާދީއްތަ ދަތުރު 3" އަށް މިވަނީ ގިނަ ބަދަލުތަކެއް ގެނެވިފަ އެވެ. އަދި މިފަހަރުގެ ދަތުރަކީ، ފުރަތަމަ ފަހަރަށް އީކުއޭޓާ ހުރަސް ކުރުމާއި އަދި ރާއްޖޭގެ ބޮޑު 2 ކަނޑެއް ހުރަސްކުރާ ރެލީއަށް ވެގެންދާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ