logoEN
cocacola
ހާލަންޑް ފަސް ލަނޑު ކާމިޔާބުކުރިއިރު ޑިބްރޭނާގެ ހަތަރު އެސިސްޓާއެކު ސިޓީ ކުއާޓާ ފައިނަލަށް

ހާލަންޑް ފަސް ލަނޑު ކާމިޔާބުކުރިއިރު ޑިބްރޭނާގެ ހަތަރު އެސިސްޓާއެކު ސިޓީ ކުއާޓާ ފައިނަލަށް

ހަސަން ޝަމްއޫން

logo

2/28/2024, 4:46:56 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާ ސިޓީ # ލޫޓަން # އިގިރޭސި އެފްއޭ ކަޕް

ލޫޓަން ކޮޅަށް ލަނޑުޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ

އިގިރޭސި އެފްއޭ ކަޕުގެ ރައުންޑް އޮފް 16 ގައި އަންގާރަދުވަހުގެ ރަށުން ބޭރުގައި ފަސޭހަކަމާއި އެކު 6-2 ގެ ނަތީޖާއަކުން ލޫޓަން އަތުން މޮޅުވެ މެންޗެސްޓާ ސިޓީން މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގޮސިޔާ

މެޗުފެ ފުރަތަަމަ ހާފުގައި މެންޗެސްޓާ ސިޓީން ތިން ލަނޑުގެ ލީޑެއް ނެގިއިރު، އެޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނޯވޭގެ ފޯވާޑް އެރްލިންގް ހާލަންޑް އެވެ. މިއީ އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސިޓީގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހާލަންޑް ކާމިޔާބުކުރި އިރު، ފުރަތަަމަ ހާފުގެ 40 ވަނަ މިނެޓުގައި ހާލަންޑް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކުރީ ވެސް ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ލޫޓަން އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ޖޯޑަން ކްލާކް އެވެ. މިއީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ރޮސް ބާކްލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސީޓީގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ ލޫޓަން އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްލާކް އެވެ.

ނަމަވެސް އޭގެ ތިން މިނެޓު ފަހުން ހާލަންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް އެޓީމަށް ދެލަނޑުގެ ލީޑެއް ހޯދައިދީފައެވެ. އަދި މިއީ ވެސް ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް ހާލަންޑް އެވެ

މިމެޗުގައި މެންޗެސްޓާ ސިޓީ އިން ކާމިޔާބުކުރި ހަވަނަ ލަނޑު ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކްރޮއޭޝިޔާ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-2 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.

މުބާރާތުގައި އަންގާރަދުވަހުގެ ރޭ ކުޅެވުނު ރައުންޑް އޮފް 16 ގެ އިތުރު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު އިގިރޭސި ޗެމްޕިއަންޝިޕުގެ ލެސްޓާ ސިޓީ އިން ވަނީ 1-0 ގެ ނަތީޖާއަކުން ޕްރެމިއާ ލީގުގެ ބޯންމައުތު އަތުން މޮޅުވެފައެވެ. އަދި ނިއުކާސަލް ޔުނައިޓެޑާއި ބްލެކްބާން ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީއްޖާނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއުކާސަލް ޔުނައިޓެޑެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ