logoEN
cocacola
އަލް އިއްތިފާގު އަތުން މޮޅުވެ، އަލް ހިލާލުން ލީޑު ފުޅާކޮށްފި

އަލް އިއްތިފާގު އަތުން މޮޅުވެ، އަލް ހިލާލުން ލީޑު ފުޅާކޮށްފި

ހަސަން ޝަމްއޫން

logo

2/27/2024, 5:10:34 AM

# ސައުދީ ޕްރޮފެޝަނަލް ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# އަލް ހިލާލް # އަލް އިއްތިފާގު

ސާޖް މިލިންކޮވިޗް-ސަވިޗް އަލް ހިލާލްގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށްދެނީ

ސައުދީ ޕްރޮފެޝަނަލް ލީގުގެ ހޯމަ ދުވަހުގެ ރޭ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން އަލް އިއްތިފާގު އަތުން މޮޅުވެ އަލް ހިލާލުން ލީގު ތާވަލުގެ ކުރީގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އަލް ހިލާލް އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާބިއާގެ މިޑްފީލްޑަރު ސާޖް މިލިންކޮވިޗް-ސަވިޗް އެވެ. މިއީ އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ރުބެން ނެވޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަލް ހިލާލުން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސަލީމް އަލް ދައުސަރީ އެވެ. މިއީ އެޓީމުގެ ސާބިއާ ފޯވާޑް އެލެގްޒެންޑަރ މިޓްރޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ވެސް ދެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 21 މެޗުން އަލް ހިލާލްއަށް 59 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި އަލް އިއްތިފާގަށް ލީގުގައި ކުޅުނު 21 މެޗުން ލިބުނު 28 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 8 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ