logoEN
cocacola
ފަހުވަގުތު ކާމިޔާބުކުރި ދެ ލަނޑާއެކު ވެހްދާ އަތުން  ޗެންޕިއަން  އިއްތިހާދު މޮޅުވެއްޖެ

ފަހުވަގުތު ކާމިޔާބުކުރި ދެ ލަނޑާއެކު ވެހްދާ އަތުން ޗެންޕިއަން އިއްތިހާދު މޮޅުވެއްޖެ

ހަސަން ޝަމްއޫން

logo

2/27/2024, 4:29:18 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# އަލް އިއްތިހާދު # އަލް ވެހްދާ # ސައުދީ ޕްރޮފެޝަނަލް ލީގު

އަލް ވެހްދާ އާއި އަލް އިއްތިހާދު ވާދަކުރި މެޗުގެ ތެރެއިިން

ސައުދީ ޕްރޮފެޝަނަލް ލީގުގެ ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލް ވެހްދާ އިން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި ދެލަނޑު ކާމިޔާބުކޮށް 2-1 ގެ ނަތީޖާއަކުން ޗެންޕިއަން އަލް އިއްތިހާދު މޮޅުވެއްޖެ އެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ފުރަތަަމަ ހާފުގެ 30 ވަނަ މިނެޓުގައި އަލް އިއްތިހާދުގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑުޖެހުމުގެ ކުރިން އަލް އިއްތިހާދުގެ ކުޅުންތެރިއަކު ފައުލްކޮށްފައިވާތީ އެއީ ރަނގަޅު ލަނޑެއް ނޫންކަމަށެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އަލް ވެހްދާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނައިޖީރިއާގެ ފޯވާޑް އޮޑިއޯން އިގާލޯ އެވެ. މިއީ އެޓީމުގެ އޮސްޓްރޭލިޔާ ފޯވާޑް ކްރެއިގް ގުޑްވިން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ އެއްވަރުކުރުމަށް އަލް އިއްތިހާދަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ފޯވާޑް ބެންޒީމާ ކުރިއަށް ފޮނުވާލި ޕެނަލްޓީ އަލް ވެހްދާގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ވެހްދާ ކުރީގައި އޮވެގެންނެވެ.

މެދުގެ ދެވަަނަ ހާފުގައި އަލް އިއްތިހާދުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ މޮރޮކޯގެ ފޯވާޑް އަބްދުއްރައްޒާކް ހަމްދުﷲ އެވެ.

ނަމަވެސް އޭގެ ގަ މިނެޓު ފަހުން އެޓީމުގެ ޑިފެންޑަރު ސާދު އަލް މޫސާ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ. އަދި އެޓީމު މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ވެސް އަބްދުއްރައްޒާކް ހަމްދުﷲ އެވެ.

މިއީ އެޓީމުގެ ފޯވާޑް ކަރީމް ބެންޒީމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 21 މެޗުން އަލް އިއްތިހާދަށް 37 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް ވެހްދާ އިން ލީގުގައި ކުޅުނު 21 މެޗުން ލިބުނު 26, ޕޮއިތންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 9 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ