logoEN
cocacola
 14  ޖަނަވަރީ އާއި ހަމައަށް ހުރި މަސްވެރިންގެ ބިލްތަކަށް މިއަދު ފައިސާ ދީ ނިންމަނީ

14 ޖަނަވަރީ އާއި ހަމައަށް ހުރި މަސްވެރިންގެ ބިލްތަކަށް މިއަދު ފައިސާ ދީ ނިންމަނީ

އަހުމަދު ޝުރާއު

logo

2/26/2024, 12:46:10 PM

# މަސްވެރިން

މަސްވެރިން

14 ޖަނަވަރީ 2024 އާއި ހަމައަށް ހުރި މަސްވެރިންގެ ބިލްތަކަށް މިއަދު ފައިސާ ދީ ނިންމާނެކަން މިފްކޯއިން ހާމަކޮށްފި އެވެ.

ގޮސިޔާ

މިފްކޯއިން އެކްސްގައި ދާދި ދެންމެ އަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަސްވެރިންނަށް ދޫކުރަމުންގެންދާ ފައިސާގެ ތެރެއިން 14 ޖަނަވަރީ 2024 ގެ ނިޔަލަށް ހުރި ބިލުތަކުގެ ފައިސާ މިއަދު ދައްކާ ނިންމާނެ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް މިފްކޯގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

View post on Twitter

މިފްކޯއިން މިފަދައިން ހާމަކޮށްފައިވާެއިރު މިފްކޯއަށް މަސްކިރުވުމަށްފަހު މަސްވެރިންނަށް ފައިސާ ނުދީ އޮތް މައްސަލައިގައި މަސްވެރިން މިދިޔަ ހަފްތާގައި މުޒާހަރާވެސް ކޮށްފައި އެވެ. އެއާއި އެކު ސަރުކާރުން ވަނީ މަސްވެރިންނަށް މިދިޔަ ހަފްތާގެ ތެރޭގައި 70 މިލިއަން ރުފިޔާ ދޫކޮށްފައި އެވެ. އަދި އިތުރު 30 މިލިއަން ރުފިޔާ މިއަދު ދޫކުރަން ނިންމާފައިވާކަން އޭރު ވަނީ ހާމަކޮށްފައި އެވެ.

ފައިސާ ނުލިބި ލަސްވަމުންދާތީ މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާއިރު މިކަން ހައްލުކުރަން މިފްކޯއިން ލޯނެއް ނަގައިގެން ވެސް މަސްވެރިނަށް ފައިސާ ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ