logoEN
cocacola
ރޯދައިގެ ކުރިން މަސްވެރިންނަށް ދޭން ހުރިހާ ފައިސާއެއް ދޭން މަސައްކަތް ކުރަނީ

ރޯދައިގެ ކުރިން މަސްވެރިންނަށް ދޭން ހުރިހާ ފައިސާއެއް ދޭން މަސައްކަތް ކުރަނީ

އަހުމަދު ޝުރާއު

logo

3/3/2024, 12:29:41 PM

# މަސްވެރިން# ރައީސް މުއިއްޒު

ރައީސް ދުވާފަރުގައި

މަސްވެރިކަމުގެ ސިނާއަތަކީ މި ސަރުކާރުން ފުޅާކުރުމަށް އެންމެ ބޭނުންވާ އެއް ސިނާއަތްކަން ފާހަގަކުރައްވައި، މަސްވެރިންނަށް ދޭންޖެހިފައިވާ ހުރިހާ ފައިސާއެއް، ރޯދަ މަސް އައުމުގެ ކުރިން ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރޯދަ މަހުގެ ކުރިން މަސްވެރިންނަށް ދޭން ހެޖޭ ހުރިހާ ފައިސާއެއް ދީ ހަލާސްކުރުމަށް ފައިނޭންސް މެކޭނިޒަމެއް ހަމަޖައްސަން މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީ އާއި ސަރުކާރުގެ ބޮޑު ކުންފުންޏެއް އެކީގައި މަސައްކަތްކޮށްގެން ގާނޫނީ އުސޫލުތަކުގެ ތެރެއިން ފައިސާ ހަމަޖައްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ރައީސް ހާމަކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މަސްވެރިންނަށް ދޭންވާ ފައިސާ ދެއްވުމަށްފަހު (ބެކް ލޮގް ސާފުކުރުމަށްފަހު) ދެން ބައްލަވާނީ، މަސްވެރިންނަށް ދޭންވާ ފައިސާ ފަހަށް ނުބަހައްޓައި، 48 ގަޑިއިރު ތެރޭގައި ދެމުން ގެންދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ކަމަށެވެ.

މަސްވެރިންނަށް 48 ގަޑި އިރުތެރޭގައި ކިރާ މަހަށް ފައިސާ ދިނުމަކީ ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބޮޑެބައެއް މިހާތަނަށް ސަރުކާރުން ވަނީ ދީފައި އެވެ. ނަމަވެސް ބެކް ލޮގް އެއްކޮށް ސާފު ނުވެ ދަނީ ކޮންމެ ދުވަހަކުވެސް މަސްވެރިން ކިރާ ފައިސާތައް އޭގެ ތެރެއަށް އިތުރުވަމުން އަންނާތީ ކަމަށް ފިޝަރީޒް މިނިސްޓްރީއިން ބުނެއެވެ.

ސަރުކާރުން ބުނާ ގޮތުގައި މިހާބޮޑު ބެކް ލޮގެއް ހުރީ ކުރީ ސަރުކާރުން ގަވާއިދުން މަސްވެރިންނަށް ފައިސާ ނުދޭތީ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ