
ވެރިކަމުގައި ތިބި ނަމަ ޔޫކޭ ފްރީ ޓްރޭޑް އެއްބަސްވުން ފުރިހަމަކޮށް މަސްވެރިންނަށް ޑޮލަރުން ފައިސާ ދެވުނީސް - ސޯލިހް
# ރައީސް ސޯލިހު# މަސްވެރިންރައީސް ސޯލިހް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
އިނގިރޭސިވިލާތާއި އެކު ފްރީ ޓްރޭޑް އެއްބަސްވުން ފުރިހަމަ ކުރެވުނު ނަމަ މަސްވެރިންނަށް ޑޮލަރުންވެސް ފައިސާ ދެވުނީސް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

ކުރީގެ ރައީސް ސޯލިހް މިފަދައިން ވިދާޅުވީ އެމްޑީޕީގެ މަޖިލިސް ކެމްޕެއިން އިފްތިތާހްކުރުމަށް މިރޭ ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީގެ އެޑްވައިޒަރުކަންވެސް ކުރައްވާ ސޯލިހް މިރޭ ވިދާޅުވީ މަސްވެރިންނަށް ފައިދާވާ ކަހަލަ އެއްބަސްވުމެއް އަދި މިހާތަނަށް މި ސަރުކާރަކުން ހަދާތަނެއް ނުފެންނަ ކަމަށެވެ. އެގޮތުން ސަރުކާރުން ޗައިނާއާއި އެކު ތަންފީޒުކުރަން ތައްޔާރުވަމުންދާ ފްރީ ޓްރޭޑް އެއްބަސްވުމަށް އިޝާރާތްކުރައްވައި ސޯލިހް ވިދާޅުވީ އެ އެއްބަސްވުމުން ރާއްޖެއަށް ކުރާނެ މާބޮޑު ފައިދާއެއް ނެތް ކަމަށެވެ.
އެގޮތުން ރާއްޖެއަށް ފައިދާ ވާނީ ރާއްޖެއިން ބޭރު ކުރާ މަސް ގަންނަ ބަޔަކާއެކު އެއްބަސްވުމެއް ހެދިގެން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އިނގިރޭސިވިލާތާއި އެކު ފްރީ ޓްރޭޑް އެއްބަސްވުމެއްގެ މަސައްކަތް ފަށާފައިވާނެ ކަމަށާއި ވެރިކަމުގައި ތިބެ އެ މަސައްކަތް ފުރިހަމަ ކުރެވުނު ނަމަ މަސްވެރިންގެ އަތުން މަސް ގަންނާނީ 25 ރުފިޔާއަށް ނުވަތަ ޑޮލަރުން ކަމަށެވެ.
ސޯލިހް މިފަދައިން ވިދާޅުވިއިރު ވެރިކަމުގެ ފަހު ދުވަސްކޮޅު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުން ތަންފީޒު ކުރަން ތައްޔާެރުވެފައިވާކަން އެންގުމާއި އެކު މަސްވެރިންގެ އަތުން ގަންނަ މަސް ކިލޯއެއްގެ އަގު ވަނީ 25 ރުފިޔާއަށް ބޮޑު ކޮށްފައި އެވެ.
ދާދި ފަހުން ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިންވެސްޓް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމެންޓުގެ ދަށުން ޗައިނާއަށް މަސް ބޭރު ކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ
ގުޅުންހުރި

ކުރީގެ ފަސްޓްލޭޑީ, ފަޒްނާގެ މަންމާފުޅު އަވަހާރަވެއްޖެ

ފްލެޓާއި ގޯތި ލިސްޓު އޮތީ "ވާނުވާ" ޖަހާފައި - ސޯލިހް

މަސްކިރުވިތާ 48 ގަޑިއިރުން މަސްވެރިންނަށް ފައިސާ ޖަމާކޮށްފި , މިއަދު އެކަނިވެސް 2 މިލިއަން ރުފިޔާ ޖަމާކުރި!
