logoEN
cocacola
މަސްވެރިންނަށް އިތުރު 35 މިލިއަން ރުފިޔާ ދޫކޮށްފި, ޖުމުލަ ދޫކުރި އަދަދު 561 މިލިއަން ރުފިޔާއަށް!

މަސްވެރިންނަށް އިތުރު 35 މިލިއަން ރުފިޔާ ދޫކޮށްފި, ޖުމުލަ ދޫކުރި އަދަދު 561 މިލިއަން ރުފިޔާއަށް!

އަހުމަދު ޝުރާއު

logo

2/26/2024, 3:49:51 PM

# މަސްވެރިން# ރައީސް މުއިއްޒު

ދިވެހި މަސްވެރިން

މިފްކޯއަށް މިސްކިރުވުމަށްފަހު މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާގެ ތެރެއިން މިއަދު 35 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ގޮސިޔާ

ފިޝަރީޒް މިނިސްޓްރީއިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މަސްވެރިންނަށް ދޭންޖެހި ނުދެވިވާ ފައިސާ ދެއްކުމަށް ކަމާގުޅޭ އިދާރާތައް މެދުވެރިކޮށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.

އެގޮތުން މިއަދު މިއަދު މިފްކޯއިން މަސްވެރިންަށް 35 މިލިއަން ރުފިޔާ ޖަމާކޮށްފަައިވާކަމަށާއި ސަރުކާރުން މަސްވެރިންނަށް ވައުދުވެފައިވާ ގޮތުގެ މަތިން މިދިޔަ ބުދަ ދުވަހާއި މިއަދު ހިމެނޭހެން ޖުމްލަ 105 މިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާކޮށްދީފައިވާނެ ކަން އެމިނިސްޓްރީއިން ވަނީ ހާމަކޮށްފައި އެވެ.

View post on Twitter

މިނިސްޓްރީއިން އިތުރަށް ބުނީ އަދިވެސް ބެކްލޮގްގައި ހުރި ފައިސާ މަސްވެރިންނަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއަދު ދިން ފައިސާއާއެކު މަސްވެރިންނަށް ފާއިތުވި ނޮވެމްބަރު 17ވަނަ ދުވަހުން ފެށިގެން ޖުމްލަ 561 މިލިއަން ރުފިޔާ (ތެލަށާއި އައިހަށް ދެވިފައިވާ ފައިސާ ހިމަނައިގެން) ދޫކުރެވިފައިވާކަންވެސް މިނިސްޓްރީއިން ވަނީ ހާމަކޮށްފައި އެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ