logoEN
cocacola
ހުޅުމާލޭގައި ކާރަކާއި ވޭނެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ކާރަކާއި ވޭނެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

އައިޝަތު އިފާޝާ

logo

2/26/2024, 6:03:04 AM

# ފުލުހުން# އެކްސިޑެންޓް# ހުޅުމާލެ

އެކްސިޑެންޓްގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި - ފޮޓޯ: ސޯޝަލްމީޑިއާ

ހުޅުމާލޭގައި ކާރަކާއި ވޭނެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ގޮސިޔާ

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލެ ފޭސް 1ގެ ނިރޮޅު މަގު ދެވަނަ ރުއްގަޑާ ހިސާބުން ދުއްވާފައި ދިޔަ ކާރެއްގައި ފަހަތުން އައި ވޭނެއް ޖެހުނު ވަގުތު ކާރުގޮސް ޕާކްކޮށްފައި އޮތް އެހެން ކާރެއްގައި ޖެހިފައިވާކަމަށް މިއަދު ހެނދުނު 6:20 އެހާކަށްހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިއެކްސިޑެންޓުގައި ކާރާއި ވޭން ދުއްވި މީހާއަށްވަނީ އަނިޔާ ވެފައެވެ. ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. އެއީ 46 އަހަރުގެ މީހަކާއި 52 އަހަރުގެ މީހެއްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ ދެ މީހުންނަކީވެސް ލައިސަންސް އޮންނަ ދެ މީހުންކަމަށެވެ.

މިއެކްސިޑެންޓުގައި ހިމެނޭ 3 އުޅަނދަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ