logoEN
cocacola
އެމެރިކާގައި ހުންނަ އިސްރާއީލުގެ އެމްބަސީ ބޭރުގައި އެމެރިކާގެ ސިފައިންގެ މީހަކު އަމިއްލަ ގައިގައި އަލިފާން ރޯކޮށްލައިފި

އެމެރިކާގައި ހުންނަ އިސްރާއީލުގެ އެމްބަސީ ބޭރުގައި އެމެރިކާގެ ސިފައިންގެ މީހަކު އަމިއްލަ ގައިގައި އަލިފާން ރޯކޮށްލައިފި

އައިޝަތު އިފާޝާ

logo

2/26/2024, 5:40:00 AM

# އެމެރިކާ

އެމެރިކާގައި އިސްރާއީލު އެމްބަސީ ހުންނަ ސަރަހައްދު

އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ޔަހޫދީ އިސްރާއީލު އެމްބަސީގެ ބޭރުގައި އެމެރިކާގެ ސިފައިންގެ މީހަކު އޭނާގެ އަމިއްލަ ގައިގައި ހުޅުޖަހައި ރޯކޮށްލައިފިއެވެ.

ގޮސިޔާ

އޭނާ އަމިއްލަ ގައިގައި ހުޅު ޖަހައި ރޯކޮށްލުމުން އެވަގުތު އެތަނުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ ސީކްރެޓް ސާވިސްގެ އޮފިސަރުންނާއި ފަޔަރ ފއިޓަރުން ވަނީ އަލިފާން ނިއްވާލުމަށްފަހު އެ ސަރަހައްދުގެ ހޮސްޕިޓަލަކަށް އޭނާ ގެންގޮސްފައެވެ.

މެޓްރޮޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވިދާޅުވީ އެ މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ. އަދި އޭނާ މަސައްކަތް ކުރާ އެމެރިކާގެ އެއާފޯސްގެ ތަރުޖަމާނަކު ވަނީ, ޑިއުޓީގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންގެ މީހަކު އަމިއްލަ ގައިގައި ރޯކޮށްލުމުގެ ހާދިސާއެއް ހިންގާފައިވާ ކަން ކަށަވަރުކޮށްދީފައެވެ.

ޣައްޒާގައި ޔަހޫދީ އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމުގެ ސަބަބުން އެމެރިކާގައި ހުންނަ ޔަހޫދީ އިސްރާއީލުގެ އެމްބަސީ ކައިރީގައި ދަނީ މުޒާހަރާ ކުރަމުންނެެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ