logoEN
cocacola
ތުއްތު ދަރިފުޅު އެކަނި ގޭގައި ބާއްވާފައި މަންމަ ޗުއްޓީއަކަށް ގޮސްފައި އައިއިރު ކުއްޖާ އޮތީ މަރުވެފައި

ތުއްތު ދަރިފުޅު އެކަނި ގޭގައި ބާއްވާފައި މަންމަ ޗުއްޓީއަކަށް ގޮސްފައި އައިއިރު ކުއްޖާ އޮތީ މަރުވެފައި

އައިޝަތު އިފާޝާ

logo

2/25/2024, 6:10:10 PM

# އެމެރިކާ

.

އަންހެނަކު އޭނާއު އުމުރުން 16 މަހުގެ އަންހެން ދަރިފުޅު ގޭގައި އެކަނި ބާއްވާފައި ޗުއްޓީއަކަށް ގޮސްފައި އައިއިރު ކުއްޖާ މަރުވެފައި އޮތް މައްސަލައިގައި ހައްޔަރުކޮށްފިއެވެ.

ގޮސިޔާ

އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި, އޮހިޔޯގައި ދިރިއުޅޭ އުމުރުން 32 އަހަރުގެ ކްރިސްޓެލް ކެންޑެލާރިއޯ ނަމަކަށް ކިޔާ އަންހެން މީހާގެ މައްޗަށް ވަނީ ކުޑަކުއްޖަކަށް ގަސްދުގައި އިހުމާލުވި މައްސަލައާއި އެކަމުގެ ސަބަބުން ކުއްޖާ މަރުވި މައްސަލައިގައި ދައުވާ އުފުލާފައެވެ.

މި މައްސަލަ ފެންމަތި ވެފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު, އެމީހުން ދިރިއުޅޭ ގެއިން ފުލުހުންނަށް ގުޅައި މައުލޫމާތު ދިނުމުންނެވެ. ފުލުހުން ވަނީ ވަގުތުން އެގެއަށް ގޮސް ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކުއްޖާ މަރުވެފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރުން ވަނީ ބުނެފައެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ކެންޑެލާރިއޯ އޭނާގެ ތުއްތު އަންހެން ދަރިފުޅު އެކަނި ގޭގައި ބާއްވާފައި ހަފްތާއަކަށްވުރެ ގިނަ ދުވަސް ވަންދެން ވަނީ ޑެޓްރޮއިޓާއި ޕުއެޓޯ ރިކޯއަށް ޗުއްޓީ ހޭދަކުރުމަށް ގޮސްފައެވެ.

ފުލުހުންގެ ތަހުގީގުން ވަނީ ކުއްޖާއަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި, ކުއްޖާ މަރުވެފައިވަނީ އެކުއްޖާއަށް އެކަނި ދޫކޮށްލެވިފައި ވުމުން ކަން އެނގިފައެވެ.

ކުއަހޯގާ ކައުންޓީ ޕްރޮސެކިއުޓާ އޮފީހުން ބުނީ ތުއްތު ކުއްޖާ ޖައިލީން ފެނުނީ ވަރަށް ބޮޑަށް ޑީހައިޑްރޭޓްވެފައިވާ ހާލަތެއްގައި ކަމަށެވެ. އޭގެ ފަހުން ކުޔާހޯގާ ކައުންޓީ މެޑިކަލް އެގްޒެމިނަރސް އޮފީހުން ހެދި އޮޓޮޕްސީގައި އެކުއްޖާ މަރުވި ސަބަބަކީ ބަނޑުހައިހޫނުކަމާއި ސީރިއަސް ޑީހައިޑްރޭޝަންކަން ވަނީ ކަށަވަރުވެފައެވެ.

ކްރިސްޓެލް ކެންޑެލާރިއޯ ނަމަކަށް ކިޔާ އުމުރުން 32 އަހަރުގެ އެ އަންހެނުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް މިހާރު ކައުންޓީ ކޯޓެއްގައި އުފުލާފައިވާ ކަމަށް ޔޫއެސްއޭ ޓުޑޭ އިން ވަނީ ބުނެފަ އެވެ.

އޮހާޔޯގެ އަންހެނަކު އޭނާގެ 16 މަހުގެ އަންހެން ދަރިފުޅު ގޭގައި އެކަނި ބަހައްޓައިގެން ހަފުތާއެއްހާ ދުވަސް ވަންދެން އެ ކުއްޖާ މަރުވުމުން، އެ ކުއްޖާ މަރާލުމާއި ކުޑަކުދިންނަށް ނުރައްކަލެއް ކުރިމަތިވި ކަމަށް އިއުތިރާފުވެއްޖެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
ޔައު

އޮހާޔޯގެ އަންހެނަކު އޭނާގެ 16 މަހުގެ އަންހެން ދަރިފުޅު ގޭގައި އެކަނި ބަހައްޓައިގެން ހަފުތާއެއްހާ ދުވަސް ވަންދެން އެ ކުއްޖާ މަރުވުމުން، އެ ކުއްޖާ މަރާލުމާއި ކުޑަކުދިންނަށް ނުރައްކަލެއް ކުރިމަތިވި ކަމަށް އިއުތިރާފުވެއްޖެ އެވެ. އެންމެ ފަހުން މި ޖުމުލަ އައިސްފައި މިއޮތީ ކީއްވެޔޯ؟

މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ