logoEN
WAMCO TOP 1
ބާރަށު ނެރު އަދި ބަނދަރު ސަރަހައްދު ފުން ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

ބާރަށު ނެރު އަދި ބަނދަރު ސަރަހައްދު ފުން ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

އައިޝަތު އިފާޝާ

logo

2/25/2024, 8:06:07 AM

# އެމްޓީސީސީ# ހއ ބާރަށް

ބާރަށު ނެރު ފުންކުރުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަނީ - ފޮޓޯ:އެމްޓީސީސީ

ހއ. ބާރަށް ނެރު އަދި ބަނދަރު ސަރަހައްދު ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެެވެ.

THE TRAVELLER AD

އެމްޓީސީސީން ބުނީ, ބާރަށް ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތުގެ 84 އިންސައްތަ މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

އަދި އެ މަޝްރޫޢުގެ ދަށުން ނެރު ފުންކުރުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ. އަދި، މަސައްކަތަށް ބޭނުންވާ ޖިއޯބޭގްގެ ޝިޕްމެންޓް މިހާރު ވަނީ ސައިޓަށް ގެންދެވިފައި ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން، އެ މަޝްރޫޢުއަށް ބޭނުންވާ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 58 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 79,100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 8,600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމާއި، 460 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ ސަރުކާރުން 14.57 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

ކޮމެންޓް
ފަހުގެ
HDC