logoEN
WAMCO TOP 1
ބާރަށުގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

ބާރަށުގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

އަހުމަދު ޝުރާއު

logo

5/2/2026, 2:30:47 PM

# ހއ ބާރަށް

-

ހއ ބާރަށުގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

THE TRAVELLER AD

މިއަދު އެވުޒާރާއިން ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހާމަކޮށްފައެވެ.

އެގޮތުން އެވުޒާރާއިން ބުނީ ހއ. ބާރަށުގައި އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގައި މިހާރު ކުރިއަށްދަނީ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކަމަށެވެ.

ބާރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަޝްރޫޢު ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާއިއެވެ.

މި މަޝްރޫޢުގެ ދަށުން، ނަމާދުކުރާ ހޯލަކާއި، އިމާމު މީހާއަށް ކޮޓަރިއަކާއި، އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވުޟޫކުރާނެ ސަރަހައްދެއް ބިނާކުރުން ހިމެނެއެވެ. އަދި މިސްކިތް އެއާކޯންކުރުމާއި 3 ފާޚާނާ އިމާރާތްކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށް އެމްޓީސީސީން މީގެ ކުރީން ވަނީ ބުނެފައިއެވެ.

ކޮމެންޓް
ފަހުގެ
HDC