logoEN
cocacola
ތިމަރަފުށި ބަލިކޮށް ގަމުން ޒޯން 6 ގެ ތަށި ހަތަރުވަނަ ފަހަރަށް ކާމިޔާބުކޮށްފި

ތިމަރަފުށި ބަލިކޮށް ގަމުން ޒޯން 6 ގެ ތަށި ހަތަރުވަނަ ފަހަރަށް ކާމިޔާބުކޮށްފި

ހަސަން ޝަމްއޫން

logo

2/25/2024, 1:45:00 AM

# ދިވެހި ކުޅިވަރު # ލ.ގަން# ތ.ތިމަރަފުށި# ގޯލްޑަން ފުޓްސަލް ޗެލެންޖު 2024

ގަމުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީ އާއެކު އުފާފާޅުކުރަނީ.. ފޮޓޯ: އަދަދު ސްޕޯޓްސް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ޒޯން 6 ގެ ފައިނަލުގައި މިރޭ ރޭ ލ. ގަމާއި ތ. ތިމަރަފުށި ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގަމުން ޒޯން 6 ގެ ޗެންޕިއަންކަން ދިފާއުކޮށްފި އެވެ.

ގޮސިޔާ

މިއީ މިމުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދި ހަތަރުވަނަ އަހަރެވެ. އަދި މިއީ 2019 ވަނަ އަހަރުގެ ފަހުން ޒޯން 6 ގެ ތަށި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެޓީމުން ވަނީ 2017, 2018 އަދި 2019 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖު ޒޯން 6 ގެ ޗެންޕިއަންކަން ހޯދާފައެވެ.

ތިމަރަފުށި މުބާރާތްގެ ފައިނަލުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ގަން ފައިނަލުގެ ޖާގައެއް ހޯދީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ތިމަރަފުށިން ނެވެ.

ހުޅުމާލޭ ރެހެންދި ދެ ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި ފުރަތަމަ ހާފުގައިި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ގަމުން ނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދު އެވެ. މިއީ ތިމަރަފުށީގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން ތިމަރަފުއްޓަށް ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ އާދަމް ނާސިހް އެވެ. މިއީ އެޓީމުގެ ކެޕްޓަން ސިނާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގަމުގެ ޕެނަލްޓީ އޭރިއާ ތެެރެއިން ބޯޅަ ކޮންޓްރޯލްކުރުމަށް ފަހު ކީޕަރު ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި މެޗުން ގަން މޮޅުވި ލަނޑު ދެވަނަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު ހަލީމް އެވެ. މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ގަން ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ގަމުގެ ގޯލު ކީޕަރު މުހައްމަދު ލުފްސާން އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ މަޤާމު ހޯދީ ގަމުގެ އަހުމަދު ހަލީމް އެވެ. އަދި މުބާރާތްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތިމަރަފުށީގެ ކެޕްޓަން އިބްރާހިމް ސިނާހް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ