logoEN
cocacola
މާވަޑިކަމަކީ ހަމައެކަނި ދިވެހިންނަށް ހާއްސަކުރެވިފައިވާ މަސައްކަތަކެއްގެ ގޮތުގައި ކަނޑައަޅައިފި

މާވަޑިކަމަކީ ހަމައެކަނި ދިވެހިންނަށް ހާއްސަކުރެވިފައިވާ މަސައްކަތަކެއްގެ ގޮތުގައި ކަނޑައަޅައިފި

އަހުމަދު ޝުރާއު

logo

2/23/2024, 4:34:31 PM

# މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާ

މާވަޑިކަން

މާވަޑިކަމަކީ ހަމައެކަނި ދިވެހިންނަށް ހާއްސަކުރެވިފައިވާ މަސައްކަތެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ގޮސިޔާ

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާއިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ދިވެހިންނަކީ މާވަޑިކަމަށް ފަރިތަ ބައެއް ކަމަށާއި މިހާރު ސަރުކާރުގެ އަމާޒަކީ މި ހުނަރުތައް އާލާކޮށް، އަލުން ދިރުވާ މާސްޓަރ ބޯޓް ބިލްޑަރުން ތަމްރީނުކޮށް، މިކަމާ ގުޅޭ މަޝްރޫއުތަކުގައި ދިވެހިންނަށް އިސްކަންދިނުންކަމަށެވެ.

އަދި މިފަދަ މަސައްކަތްތައް ހަވާލުކުރާއިރު ދިވެހިންނަށް ހާއްސަ އިސްކަމެއް ދީ ދިވެހިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް ރައީސް މުއިއްޒު ވަނީ އަންގާފައެވެ. އެހެންކަމުން މަސައްކަތް ހަވާލުކުރާއިރު ދިވެހި ކުންފުނިތަކަށް ފުރުސަތު ދޭން ވަނީ ނިންމާފައެވެ. އަދި މި ދާއިރާގެ ބައެއް މަސައްކަތްތަކަށް ބައެއް ލައިސެންސު ދޫކުރުމަށް ވެސް ވަނީ ނިންމާފައިއެވެ.

View post on Twitter

މީގެ އިތުރުން މިފަދަ މަސައްކަތް ކުރުމަށް ރާއްޖެއަށް އެތެރެކުރާ މުދަލުގެ ޑިއުޓި އަލުން މުރާޖާ ކުރަންވެސް ވަނީ ނިންމާފައިކަމަށް އެ ޕޯށްޓުގައި ވަނީ ބުނެފައިއެވެ.

މި އުސޫލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 މަގުޗާޓުގެ ދަށުން ކަނޑައެޅިފައިވާ އުސޫލެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ