logoEN
cocacola
ތައުޙީދުގެ ސަބަބުން އަމަން އަމާންކަމާއި ހިދާޔަތު ލިބި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިދޭ - ހުތުބާ

ތައުޙީދުގެ ސަބަބުން އަމަން އަމާންކަމާއި ހިދާޔަތު ލިބި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިދޭ - ހުތުބާ

އަހުމަދު ޝުރާއު

logo

2/23/2024, 7:08:04 AM

# ހުތުބާ

ސަލްމާން މިސްކިތް

ތައުޙީދުގެ ސަބަބުން އަމަން އަމާންކަމާއި ހިދާޔަތު ލިބި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިދޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ގޮސިޔާ

މިއަދުގެ ހުތުބާ އަލި އަޅުވާލާފައިވަނީ "ނަބަވީ ސުންނަތާއި ތައުޙީދު" މި މައުޟޫގެ މައްޗަށެވެ.

ހުތުބާގައި ބުނެފައިވަނީ މާތް الله އެއްކައުވަންތަ ކުރުމަކީ އެންމެ މަތިވެރި އަދި އެންމެ މާތް އަޞްލު ކަމަށާއި އެކަލާނގެ ރަސޫލުން ފޮނުއްވައި ފޮތްތައް ބާވައިލެއްވީ އެކަން ޙާޞިލްކޮށް ދެއްވުމަށް ކަމަށެވެ. އަދި ހަމައެފަދައިން ތައުޙީދުގެ ސަބަބުން އަމަން އަމާންކަމާއި ހިދާޔަތު ލިބި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިދޭކަން ވެސް ހުތުބާގައި ވާނީ ބުނެފަ އެވެ.

އަދި ކީރިތި ރަސޫލާ صلى اللّه عليه وسلم ތައުޙީދަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވި ކަމަށާއި އެންމެ ފުރިހަމަ ގޮތުގައި ތައުޙީދުގެ ހުރިހާ ބައިތަކެއް ޙިމާޔަތް ކުރެއްވި ކަމަށާއި އެކަލޭގެފާނުގެ ދަޢުވަތުގެ ފުރަތަމަ ޝިޢާރަކީ މާތް الله އެއްކައުވަންތަ ކުރުން ކަން ވަނީ ހުތުބާގައި ފާހަގަކޮށްފައެވެ.

އަދި ނަބަވީ ސުންނަތުގައި އަޅުތަކުން މާތް ﷲ سُبْحَانَهُ وَتَعَالَى އަށް އަދާކުރަންޖެހޭ ޙައްޤާއި އަޅުތަކުންނަށް އެކަލާނގެ ދެއްވާނެ ޙައްޤު ވަނީ ބަޔާން ކުރައްވާފައިކަންވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

مُعَاذُ بْن جَبَلُ رَضِيَ الله عَنْهُ ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ ޙަދީޘް صلى اللّه عليه وسلم ކުރެއްވިއެވެ. (يَا مُعَاذُ، تَدْرِيْ مَا حَقُّ اللهِ عَلَى الْعِبَادِ؟ وَمَا حَقُّ الْعِبَادِ عَلَى اللهِ؟ قَالَ: قُلْتُ: اَللهُ وَرَسُوْلُهُ أَعْلَمُ، قَالَ: فَإِنَّ حَقَّ اللهِ عَلَى الْعِبَادِ أَنْ يَعْبُدُوا اللهَ، وَلَا يُشْرِكُوْا بِهِ شَيْئًا، وَحَقَّ الْعِبَادِ عَلَى اللهِ عَزَّ وَجَلَّ أَن لَّا يُعَذِّبَ مَن لَّايُشْرِكُ بِهِ شَيْئًا، قَالَ: قُلْتُ: يَا رَسُوْلَ اللهِ، أَفَلَا أُبَشِّرُ النَّاسَ، قَالَ: لَا تُبَشِّرْهُمْ فَيَتَّكِلُواْ.) މާނައީ:"އޭ މުޢާޒެވެ. ކަލޭގެފާނަށް އަޅުތަކުންގެ މައްޗަށްވާ އެކަލާނގެ ޙައްޤުތަކާއި، އެކަލާނގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤުތައް އެނގިވަޑައިގަންނަވާތޯއެވެ؟" ތިމަން ދެންނެވީމެވެ. ތިކަން މޮޅަށް ދެނެވޮޑިގެންވަނީ މާތް الله އެވެ. އަދި އެކަލާނގެ ރަސޫލާއެވެ! ޙަދީޘް ކުރެއްވިއެވެ. "އަޅުތަކުންގެ މައްޗަށްވާ އެކަލާނގެ ޙައްޤަކީ، ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމާއި، އެއްވެސް އެއްޗަކާ އެކަލާނގެއާއި ޝަރީކު ނުކުރުމެވެ. އަދި އެކަލާނގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާ މީހަކަށް ޢަޒާބު ނުދެއްވުމެވެ." ތިމަން ދެންނެވީމެވެ. އޭ މާތް الله ގެ ރަސޫލާއެވެ. ތިވާހަކައިން މީސްތަކުންނަށް އުފާވެރިކަމުގެ ޚަބަރު ތިމަން ދެއްވަންތޯއެވެ! ޙަދީޘް ކުރެއްވިއެވެ. "ނޫނެކެވެ. އެޚަބަރު ނުދެއްވާށެވެ! އޭރުން އެމީހުން އެކަމުގެމައްޗަށް ބަރޯސާ ކޮށްފާނެތެވެ." - ހުތުބާ

ހުތުބާގައި އިތުރަށް ބުނެފައިވަނީ ކީރިތި ރަސޫލާ صلى اللّه عليه وسلم މައްކާގައި ތޭރަ އަހަރު ހޭދަ ކުރެއްވީ، މިދީނުގެ އަސާސް ކަމުގައިވާ ތައުޙީދަށް ގޮވައިލެއްވުމުގައި ކަމަށެވެ. އަދި މާތް الله އިންސާނުން ހައްދަވާފައިވަނީ އެކަލާނގެއަށް އަޅުކަންކުރުމަށްވާއިރު، އެ އަޅުކަން އަޅުކަމެއްގެ ގޮތުގައި ބެލެވޭނީ ނުވަތަ އަޅުކަމަކަށްވާނީ ތައުޙީދާ އެކުގައި ކަންވެސް ހުތުބާގައި ވަނީ ބުނެފައި އެވެ. ހަމައެއާއި އެކު އަޅުކަމުގެ ތެރެއަށް ޝިރުކު ވަދެއްޖެނަމަ، އެއަޅުކަމެއް ފާސިދު ވާނެކަންވެސް ހުތުބާގައި ވަނީ ބުނެފައި އެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ