
އުރީދޫ މައި އޮފީސް
އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވަން ނިންމައި އިއުލާނުކޮށްފި އެވެ.

އުރީދޫއިން ބުނީ މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓާ ވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ، ހުޅުމާލެ ސެންޓްރަލް ޕާކަށް ހާޒިރުވެގެން ބައިވެރިވެވޭނެ ކަމަށެވެ.
ސެންޓްރަލް ޕާކަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ 200 ހިއްސާދާރުންނަށް ކަމަށް އުރީދޫން ބުނެ އެވެ. އަދި މީގެ އިތުރުން، އޮންލައިންކޮށް ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
މި އަހަރުގެ ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 5 މާޗުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓާ ކުރާ ފަރާތްތަކަށް އެކަނި އެވެ. ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީ ކުރެވޭނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ޝަރުތުހަމަވާ ހިއްސާދާރުން، "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ "ޕްރޮކްސީ ފޯމު" އަދި ހުށަހަޅާފައިވާ ޕްރޮކްސީ ބާތިލުކުރަން ބޭނުން ނަމަ، "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ވެސް މާޗު ފަހެއްގެ ކުރިން ހުށަހެޅުމަށް އުރީދޫން އެދެ އެވެ.
ސެންޓްރަލް ޕާކަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން، ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ސެންޓްރަލް ޕާކަށް ގޮސް ރަޖިސްޓާ ކުރުމަށް އުރީދޫއިން ވަނީ އެދިފަ އެވެ. ރެޖިސްޓާ ކުރާއިރު ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއްނަމަ ޕާސްޕޯޓު ބޭނުންވާނެ އެވެ.
އުރީދޫ އަހަރީ އާއްމު ޖަލްސާއާ ގުޅޭ މައުލޫމާތާއި ހުށަހަޅަން ޖެހޭ ފޯމުތައް އުރީދޫގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
ގުޅުންހުރި

16 ޓީމާއެކު އުރީދޫ ނޭޝަން އިންޓަރ-ރިސޯޓު ޗެމްޕިއަންޝިޕް ހުކުރު ދުވަހު ފަށަނީ

އެއަރ އެމްބިއުލާންސް ގެ ޚިދުމަތް ފުޅާކުރުމަށް 16 މިލިއަން ރުފިޔާގެ ތަކެތި އުރީދޫން ހަދިޔާކޮށްފި

އުރީދޫއިން ތިނަދޫ ސިޓީގައި ބޭއްވި މަސްރޭހުގެ އެއްވަނަ ބްލެކް އޭންޓް ފިޝިން އަށް!
