logoEN
cocacola
ރަށުން ބޭރުގައި ބާސެލޯނާ އާއި ނަޕޯލީގެ ކުރިމަތިލުން އެއްވަރު

ރަށުން ބޭރުގައި ބާސެލޯނާ އާއި ނަޕޯލީގެ ކުރިމަތިލުން އެއްވަރު

ހަސަން ޝަމްއޫން

logo

2/22/2024, 3:47:09 AM

# ޔުއެފާ ޗެމްޕިއަންސްލީގު # ބާސެލޯނާ # ބޭރު ދުނިޔޭގެ ކުޅިވަރު# ނަޕޯލީ

ނަޕޯލީ އާއި ބާސެލޯނާ ވާދަކުރި މެޗުގެ ތެރެއިިން

ޔުއެފާ ޗެމްޕިއަންސްލީގު ރައުންޑް އޮފް 16 ގެ ފުރަތަަމަ ލެގުގައި ބުދަދުވަހުގެ ރޭ ރަށުން ބޭރުގައި އިޓަލީގެ ޗެންޕިއަން ނަޕޯލީ އާއި ދެކޮޅަށް ބާސެލޯނާ އިން ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ ބާސެލޯނާ އިންނެވެ. އަދި މިހާފުގައި ބާސެލޯނާގެ ޒުވާން ފޯވާޑް ލަމައިން ޔަމާލްގެ އިތުރުން ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮވްސްކީ އަށް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފައެވެ.

މީގެ އިތުރުން މިހާފުގައި ބާސެލޯނާގެ ގޯލާއި އަމާޒުކޮށް ނަޕޯލީއަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވާއިރު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ބާސެލޯނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮވްސްކީ އެވެ.

މިއީ އެޓީމުގެ މިޑްފިލްޑަރު ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ހަމިނެޓު ފަހުން އެޓީމުގެ ލީޑު ފުޅާކުރުމަށް ޕެޑްރީ އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބާރު ހަމަލާ ނަޕޯލީގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ނަޕޯލީ މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް ވިކްޓާ އޯސިމެން އެވެ. މިއީ މިމެޗުގައި ބާސެލޯނާގެ ގޯލާއި އަމާޒުކޮށް އެޓީމުން ފޮނުވާލި ހަމައެކަނި ހަމަލާގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. އަދި މިދެޓީމު މެދުގައި ކުޅެވޭ ދެވަނަ ލެގު ބާސެލޯނާގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ