
އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު ޕޯޓޯ އިން އާސެނަލް ބަލިކޮށްފި
# ޔުއެފާ ޗެމްޕިއަންސްލީގު # ޕޯޓޯ# އާސެނަލް # ބޭރު ދުނިޔޭގެ ކުޅިވަރުޕޯޓޯގެ ބްރެޒިލް މިޑްފީލްޑަރު ގަލެނޯ ފަހުވަގުތު އާސެނަލް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ޔުއެފާ ޗެމްޕިއަންސްލީގު ރައުންޑް އޮފް 16 ގެ ފުރަތަަމަ ލެގުގައި ބުދަދުވަހުގެ ރޭ ރަށުން ބޭރުގައި ޕޯޗުގަލްގެ ޕޯޓޯ އާއި ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އާސެނަލް ބަލިވެއްޖެ އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް، މިހާފުގައި ޕޯޓޯގެ ގޯލާއި އަމާޒުކޮށް އެޓީމަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ. އަދި މިހާފުގައި ޕޯޓޯ އިން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ގަލެނޯ އަށެވެ.
ނަމަވެސް ފުރަތަަމަ ހާފުގެ 21 ވަނަ މިނެޓުގައި އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިވަގުތު ޕްރެމިއާ ލީގުގައި ރަނގަޅު ފޯމެއްގައި އޮތް އާސެނަލް އަށް މިހާފުގައި ވެސް ޕޯޓޯގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ. އަދި މިހާފުގައި ޕޯޓޯ އިން މެޗުގެ ލީޑު ހޯދީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ގަލެނޯ އެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޕޯޓޯ ކުރީގައި އޮވެގެންނެވެ. އަދި މިދެޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗު އާސެނަލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.
ފަހުގެ

މެއި މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނަން - ރައީސް

މަންތާ އެއަރ އިން ލެވަލް 02 ގެ އޭވިއޭޝަން ސެކިއުރިޓީ ނެޝަނަލް އިންސްޓްރަކްޓަރ ސެޓިފިކޭޝަން ހާސިލްކޮށްފި

ޔޫރަޕްގެ ޗެންޕިއަން ރެއާލް ކަޓުވާލުމަށްފަހު އާސެނަލް ސެމީފައިނަލުން ޖާގަ ހޯދައިފި

ހުޅުމާލޭގެ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުކުރަނީ

ފޭސް 2 ގެ އެމްއޭސީއެލް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ އަދި އެސްޓީއޯ ޓަވަރުތަކުން މާދަމާ އެއް ގަޑިއިރަށް ކަރަންޓުކެނޑޭނެ - ސްޓެލްކޯ
