logoEN
cocacola
ރޮނާލްޑޯ އަދި އޮޓާވިއޯގެ ލަނޑުތަކާއެކު އަލް ނަސްރަށް ކުއާޓާ ފައިނަލަށް

ރޮނާލްޑޯ އަދި އޮޓާވިއޯގެ ލަނޑުތަކާއެކު އަލް ނަސްރަށް ކުއާޓާ ފައިނަލަށް

ހަސަން ޝަމްއޫން

logo

2/22/2024, 12:00:00 AM

# ކްރިސްޓިއާނޯ ރޮނާލްޑޯ# އަލް ނަސްރު # ބޭރު ދުނިޔޭގެ ކުޅިވަރު# އޭއެފްސީ ޗެންޕިއަންސް ލީގު # އަލް ފެއިހާ

ރޮނާލްޑޯ (ކ) އަދި އޮޓާވިއޯ (ވ) އަލް ފެއިހާ އާއި އަލް ނަސްރު ވާދަކުރި މެޗުގެ ތެރެއިިން

އޭއެފްސީ ޗެންޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި ބުދަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އަލް ފެއިހާ އަތުން މޮޅުވެ، އަލް ނަސްރުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގޮސިޔާ

އަލް ފެއިހާގެ ދަނޑުގައި ކުޅެވުނު ފުރަތަަމަ ލެގުގެ މެޗު 1-0 ގެ ނަތީޖާއަކުން އަލް ނަސްރުން ކާމިޔާބުކޮށްފައި ވާއިރު، މިނަތީޖާއާއެކު އެޓީމުން ކުއާޓާގެ ފުރުސަތު ހޯދީ 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން ނެވެ.

މެޗުގެ ފުރަތަަމަ ހާފުގައިި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ އަލް ނަސްރުން ނެވެ. އަދި މިހާފުގައި އެޓީމުން ލީޑު ހޯދީ މެޗުގެ 17 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު އޮޓާވިއޯ އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު އަބްދުﷲ އަލް ޚައިބަރީ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިގެ އިތުރުން ވެސް ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަލް ފެއިހާގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ފުރުސަތެއްގައި ބޮލުން ކުރިއަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މީގެއިތުރުންވެސް މިހާފުގައި އަލް ނަސްރުން ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި އެޓީމުގެ ސެނަގާލް ފޯވާޑް ސަޑިއޯ މާނޭ މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރަށް ދިޔައިރު، ޖެހިގެން އައި މިނެޓުގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މިއީ އަލް ފެއިހާގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިމުބާރަާތުގައި ކުޅުނު 7 މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ. އަދި މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަަމަ ލެގުގައި މާޗުމަހުގެ 4 ވަނަ ދުވަހު ރަށުން ބޭރުގައި އަލް ނަސްރުން ނުކުންނާނީ ޔޫއޭއީގެ އަލް އައިން އާއި ދެކޮޅަށެވެ. އަދި މިދެޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗު އަލް ނަސްރު ގެ ދަނޑުުގައި ކުޅުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ