
ފަހުހާފުގައި ކާމިޔާބުކުރި ލަނޑާއެކު ޕީއެސްވީ އިން ޑޯޓްމަންޑް މޮޅުވިޔަނުދީ ހިފަހައްޓައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގު # ޕީއެސްވީ # ބޮރޫޝިއާ ޑޯޓްމަންޑްޕީއެސްވީ އާއި ބޮރޫޝިއާ ޑޯޓްމަންޑް ވާދަކުރި މެޗުގެ ތެރެއިިން
ޔުއެފާ ޗެމްޕިއަންސްލީގު ރައުންޑް އޮފް 16 ގެ ފުރަތަަމަ ލެގުގައި އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި ނެދަލޭންޑްސްގެ ޕީއެސްވީ އާއި ދެކޮޅަށް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.

ބޮރޫޝިއާ ޑޯޓްމަންޑުން މުބާރާތްގެ ގުރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، ޕީއެސްވީ އިން ދެވަނަ ބުރުގެ ފުރުސަތު ހޯދީ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ބޮރޫޝިއާ ޑޯޓްމަންޑުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް ފޯވާޑް ޑޮނިއެލް މަލެން އެވެ.
މިއީ އެޓީމުގެ އޮސްޓްރިއާ މިޑްފީލްޑަރު މާސެލް ސަބިޓްޒަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޑޯޓްމަންޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ޕީއެސްވީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ލުއުކް ޑި ޖޮންގް އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މިދެޓީމުގެ މެދުގައި ކުޅެވޭ ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގެ މެޗު ޑޯޓްމަންޑްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 14 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 1:00 ގައެވެ.
ގުޅުންހުރި

ލެވޮންޑަސްކީގެ ދެލަނޑާއެކު ޖިރޯނާ ބަލިކޮށް ބާސެލޯނާ އިން ތިން ޕޮއިންޓަށް ލީޑު ފުޅާކޮށްފި

އެމްބާޕޭގެ ދެލަނޑާއެކު ލެގަނޭސް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް

އަމިއްލަ ދަނޑުގައި އޮސަސޫނާ ބަލިކޮށް ބާސެލޯނާ އިން އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފި

ޔުރޮޕާ ލީގު: ޓޮޓެންހަމް ބަލިވިއިރު، ޔުނައިޓެޑް މެޗު އެއްވަރު
ފަހުގެ

އޯޓިޒަމް އާއި ގުޅޭ ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ބާއްވައިފި

ރައީސް މުއިއްޒު ލިވަޕޫލްގެ އަކްސާ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތް ކުރައްވައިފި

ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސް އެދިވަޑައިގެންފި

ޔަހޫދީންގެ ހަމަލާތަކުގައި މިއަދުގެ މިވަގުތާއި ހަމައަށް 42 މީހުން ޝަހީދުވެއްޖެ

އައިޖީއެމްއެޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކުރުމަށް 75 އެނދު އިތުރުކުރުމުގެ މަޝްރޫޢެއް!
