logoEN
cocacola
ރަށުން ބޭރުގައި އިންޓަ މިލާން އަތުން އެތްލެޓިކޯ މެޑްރިޑް ބަލިވެއްޖެ

ރަށުން ބޭރުގައި އިންޓަ މިލާން އަތުން އެތްލެޓިކޯ މެޑްރިޑް ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

2/21/2024, 4:53:07 AM

# އިންޓަ މިލާން# އެތްލެޓިކޯ މެޑްރިޑް# ޔުއެފާ ޗެމްޕިއަންސްލީގު # ބޭރު ދުނިޔޭގެ ކުޅިވަރު

އެތްލެޓިކޯ މެޑްރިޑާއި އިންޓަ މިލާން ވާދަކުރި މެޗުގެ ތެރެއިިން

ޔުއެފާ ޗެމްޕިއަންސްލީގު ރައުންޑް އޮފް 16 ގެ ފުރަތަަމަ ލެގުގައި އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި އިޓަލީގެ އިންޓަ މިލާނާއި ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ބަލިވެއްޖެ އެވެ.

ގޮސިޔާ

އެތްލެޓިކޯ މެޑްރިޑުން ގުރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދިއިރު، އިންޓަ މިލާނުން ދެވަނަ ބުރުގެ ޖާގައެއް ހޯދީ ގުރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ހާފުގައި، ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުހާނެ މާރަގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ނުވާއިރު، ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އިންޓަ މިލާނުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އޮސްޓްރިއާ ފޯވާޑް މާކޯ އަރްނައުޓޮވިޗް އެވެ.

މިއީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ލައުޓާރޯ މާޓިނޭޒް ފޮނުވާލި ބާރު ހަމަލާއެއް އެތްލެޓިކޯ މެޑްރިޑްގެ ކީޕަރު ޖާން އޮބްލަކް އަތުގައި ޖެހިފައި ނުކުތް ވަގުތު މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ.

މިދެޓީމު މެދުގައި ކުޅެވޭ ރައުންޑް އޮފް 16 ގެ ދެވަނަ ލެގު އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 14 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 1:00 ގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ