logoEN
cocacola
ރާއްޖޭގެ ފުރަތަމަ ފްލޯޓިންގ ވިލާއާއި އެކު ހދ އަތޮޅުގެ ފުރަތަމަ ރިސޯޓް އަންނަ މަހު ހުޅުވަނީ

ރާއްޖޭގެ ފުރަތަމަ ފްލޯޓިންގ ވިލާއާއި އެކު ހދ އަތޮޅުގެ ފުރަތަމަ ރިސޯޓް އަންނަ މަހު ހުޅުވަނީ

އަހުމަދު ޝުރާއު

logo

2/19/2024, 1:07:48 PM

# ފަތުރުވެރިކަން# ސޮނެވާ

ސޮނެވާ ސީކްރެޓް

ހދ އަތޮޅުގައި ތަރައްޤީކުރި ފުރަތަމަ ރެސޯޓް އަންނަ މަހު ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

ހދ އަތޮޅުގައި ރެސޯޓެެއް ތަރައްޤީކުރީ ރާއްޖޭގެ އެންމެ ލަގްޒަރީ އެއް ރެސޯޓް ބްރޭޑް ކަމުގައިވާ ސޮނެވާއިންނެވެ. ސޮނެވާ ސީކްރެޓްގެ ނަމުން ނަންދީފައިވާ މި ރެސޯޓަކީ ސެނޮވާއިން ރާއްޖޭގައި ތަރައްޤީކޮށް ހިދުމަތަށް ނެރޭ 3 ވަނަ ރެސޯޓެވެ.

ސޮނެވާ ސީކްރެޓަކީ 14 ވިލާއެއް ތަރައްޤީކޮށްފައިވާ ޕްރައިވެޓް އައިލެންޑެކެވެ.

އަލަށް ހުޅުވާ މި ރެސޯޓް އެންމެ ޚާއްސަ ވެގެންދާނީ ރާއްޖޭގެ އެންމެ ފުރަތަމަ ފްލޯޓިންގ ވިލާ މި ރެެސޯޓުގައި ހިމެނިފައިވުމުންނެވެ. ސޮނެވާއިން މައުލޫމާތު ދޭގޮތުގައި ދެ ފަންގިފިލާއަށް ފަރުމާކޮށްފައިވާ މި އެކްސްކްލޫސިވް ވިލާއަށް ވަދެވޭނީ ހަމައެކަނި ކަނޑުމަގުންނެވެ.

މީގެ އިތުރުންވެސް އިިތުރު 5 ވައްތަރެއްގެ ވިލާތައް މި ރެސޯޓުގައި ހުންނާނެ ކަމަށް ސޮނެވާއިން ވަނީ ބުނެފައި އެވެ.

ހދ ގައި ފުރަތަމަ ފަހަރަށް ތަރައްޤީކޮށްފައިވާ މި ރެސޯޓަކީ އެއަތޮޅު ދިއްޕަރުފުށީގައި ތަރައްޤީކުރި ރެސޯޓެކެވެ. ފިއްޕަރުފުއްޓަކީ ހދ އަތޮޅުގެ އެހެން ރައްތަކާއި ވަކިން އޮންނަ މަކުނުދޫއާއި އެއް ފަޅެއްގައި އޮންނަ ރަށެކެވެ.

ސޮނެވާ ސީކްރެޓް ހުޅުވުމަށް ސޮނެވާއިން ތައްޔާރުވަމުން އަންނަނީ އަންމަ މަހުގެ 7 ވަނަ ދުވަހު އެވެ. އެގޮތުން ރެސޯޓު މާކެޓު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށް ގެންދަމުންނެވެ.

ސޮނެވާއިން އަންނަނީ ބ އަތޮޅުގައި ސޮނެވާފުށި ރެސޯޓާއި ނ އަތޮޅުގައި ސޮނެވާ ޖާނީ ރެސޯޓް ހިންގަމުންނެވެ. އެދެރިސޯޓަކީވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދެ ރެސޯޓެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
ސިވިލް ސާވެންޓުން

ހދ އަތޮޅުގެ ފުރަތަމަ ރިސޯޓެއް ނޫން ތިޔަކީ، ހދ އަތޮޅުގަ އިންނާނެ ހޮނޑާފުށީގައިވެސް ރިސޯޓެއް

ޜަބެ

2 ވަނަ ރިސޯޓް. ޙޮނޑާފުށި ކިޔާ ރިސޯޓެއްވެސް އޮވޭ ޔާމިން 2018 ގެ ކުރިން ހުޅުވި. މިހާރުވެސް އޮޕަރަެޓް ކުރޭ

މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ