![އިންތިޚާބު ފަސްކުރުމަށް ފާސްކުރި ބިލް ވަގުތުން ތަސްދީޤުކުރަން ޖެހޭ - ފައްޔާޒް](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F05%2Ffayyaz.jpg&w=3840&q=75)
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރަމަޟާން މަހަށް ފަހު ބާއްވާ ގޮތަށް އާންމު އިންތިޚާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ވަގުތުން ތަސްދީގުކުރުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް މިއަދު ގޮވާލައްވައިފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ, އިންތިޚާބުތައް ބާއްވަން ވާނީ އާންމުންގެ ބައިވެރިވުން ބޮޑުވާނެ ގޮތް ބަލައިގެން ކަމަށެެވެ. އަދި ރައްޔިތުންގެ ވަކީލުން ހޮވުމަށް ބާއްވާ އިންތިޚާބު ރޯދަ މަހު ބޭއްވުމުން އެ ދަތިކުރެވެނީ ވޯޓު ދިނުމުގެ އަސާސީ ހައްގު ބޭނުން ކުރުމަށް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާނުކޮށްފައިވާ ގޮތުގައި, މަޖިލީހުގެ އިންތިޚާބު ބާއްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ކަމަށްވާތީ, އެ ދުވަސްވަރު އިންތިޚާބު ބޭއްވުމާމެދު ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެމްޑީޕީން ވަނީ އެ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފައެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވީ ގާނޫނުގެ 43 ވަނަ މާއްދާއަށް އަކުރުތަކެއް އިތުރުކޮށްފައެވެ. އެ އިސްލާހުގައިވާ ގޮތުން ރޯދަ މަހުގެ ތެރޭގައި އެއްވެސް އިންތިޚާބެއް ބާއްވައިގެން ނުވާނެއެވެ. އަދި އިންތިޚާބު ބާއްވަން ޖެހޭ ތާރީޚު ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިޚާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން ކަމަށްވެސް އެ އިސްލާހުގައި ވެއެވެ.
އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ މި މަހުގެ 11 ވަނަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް، ހަފުތާއަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް ރައީސުލްޖުމްހޫރިއްޔާ އެ އިސްލާހު ތަސްދީގެއް ނުކުރެ އެވެ.
ގާނޫނުއަސާސީގައި އޮންނަ ގޮތުން މަޖިލީހުން ފާސްކުރާ ބިލެއް ރައީސަށް ފޮނުވާތާ ގިނަވެގެން 15 ދުވަސް ތެރޭ ގޮތެއް ނިންމަވަން ޖެހެ އެވެ. ތަސްދީގު ނުކޮށް އެ މުއްދަތުގައި ފޮނުވާލައިފި ނަމަ މަޖިލީހުގެ އަޣުލަބިއްޔަތުން، އިތުރު އިސްލާހަކާ ނުލައި ފާސްކޮށްފި ނަމަ ބިލް ތަސްދީގުވީ ކަމަށް ބެލޭނެ އެވެ. އަދި ތަސްދީގު ނުކުރައްވައި 15 ދުވަސް ވެއްޖެ ނަމަ ވެސް އެ ބިލެއް ތަސްދީގުވީ ކަމުގައި ބެލޭނެ އެވެ.
ގުޅުންހުރި
![އިހްސާން ފައްޔާޒަށް: ކޮންމެ ކަމެއް ސިޔާސީ ކުޅިވަރަކަށް ހެދުން ވަރަށްވެސް ޢައިރު ޒިންމާދާރު!](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F11%2Fphoto_2024-11-30%2020.52.58.jpeg&w=3840&q=75)
އިހްސާން ފައްޔާޒަށް: ކޮންމެ ކަމެއް ސިޔާސީ ކުޅިވަރަކަށް ހެދުން ވަރަށްވެސް ޢައިރު ޒިންމާދާރު!
![ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުން ބޮޑު ކުށަކަށް ވެއްޖެ - ފައްޔާޒު](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F11%2Fimage_870x_6719a5e60f6c3.jpg&w=3840&q=75)
ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުން ބޮޑު ކުށަކަށް ވެއްޖެ - ފައްޔާޒު
![ރީކޯ މޫސަގެ އިލްތިމާސެއް ފައްޔާޒުއަށް: ޕްރައިމެރީގައި ވާދަކުރަން ބޭނުން ނަމަ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވާ!](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F11%2Fphoto_2024-11-23%2021.59.49.jpeg&w=3840&q=75)
ރީކޯ މޫސަގެ އިލްތިމާސެއް ފައްޔާޒުއަށް: ޕްރައިމެރީގައި ވާދަކުރަން ބޭނުން ނަމަ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވާ!
![ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ނިންމި ނިންމުން އަނބުރާ ގެންދިޔުމަށް ގޮވާލައްވައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F8%2Fbig_YIKevEe1Nyt1Rlqkq7wi12Fbw.jpeg&w=3840&q=75)