
ރޮނާލްޑޯ އަދި އޮޓާވިއޯގެ ލަނޑުތަކާއެކު އަލް ފަތޭހް އަތުން އަލް ނަސްރަށް އުނދަގޫ މޮޅެއް
# ސައުދީ ޕްރޮފެޝަނަލް ލީގު# އަލް ފަތޭހް # ބޭރު ދުނިޔޭގެ ކުޅިވަރު# އަލް ނަސްރު # ކްރިސްޓިއާނޯ ރޮނާލްޑޯރޮނާލްޑޯ އަދި އޮޓާވިއޯ އަލް ފަތޭހް އާއި ދެކޮޅަށް ކުޅެނީ
ސައުދީ ޕްރޮފެޝަނަލް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލް ފަތޭހް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ނަސްރުން އެއްވަނާގައި އޮތް އަލް ހިލާލް އާއި ދެމެދުގައިވާ ފަރަގު ކުޑަކޮށްފި އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް ނަސްރުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މިއީ އެޓީމުގެ ސައުދީ ޑިފެންޑަރު ސުލްޠާން އަލް ޣަންނަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 19 މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި 21 ވަނަ ލަނޑެވެ.
އަލް ފަތޭހް އިން ނަތީޖާ ފަރަގު އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު ސަލީމް އަލް ނަޖުދީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އަލް ނަސްރުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު އޮޓާވިއޯ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ސުލްޠާން އަލް ޣަންނަމް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 20 މެޗުން އަލް ނަސްރަށް 49 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އެއްވަނާގައި އޮތް އަލް ހިލާލްއަށް 19 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި އަލް ފަތޭހް ލީގުގައި ކުޅުނު 20 މެޗުން ލިބުނު 29 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަތް ވަނައިގައެވެ.
ގުޅުންހުރި

ފަސޭހަކަމާއެކު ސޮސިއެޑާޑް ބަލިކޮށް ރެއާލް މެޑްރިޑް ވަގުތީގޮތުން އެއްވަނައަށް

ރޮނާލްޑޯގެ 962 ވަނަ ލަނޑާއެކު އަލް ނަސްރު ދެވަނައަށް

ރަށުން ބޭރުގައި ބްރެންޓްފޯޑާއި އެއްވަރުވެ އާސެނަލްއަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެ

.gif&w=3840&q=75)



