logoEN
cocacola
ޗެލްސީ އާއި އެއްވަރުވެ، ދެވަނައަށް އެރުމަށް ލިބުނު ފުރުސަތު މެންޗެސްޓާ ސިޓީ އިން ނަގާލައިފި

ޗެލްސީ އާއި އެއްވަރުވެ، ދެވަނައަށް އެރުމަށް ލިބުނު ފުރުސަތު މެންޗެސްޓާ ސިޓީ އިން ނަގާލައިފި

ހަސަން ޝަމްއޫން

logo

2/18/2024, 1:00:00 AM

# އިގިރޭސި ޕްރިމިއާ ލީގް# ބޭރު ދުނިޔޭގެ ކުޅިވަރު# ޗެލްސީ # މެންޗެސްޓާ ސިޓީ

މެންޗެސްޓާ ސިޓީ އާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިިން

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 1-1 ގެ ނަތީޖާއަކުން ޗެލްސީ އާއި އެއްވަރުވެ، ލީގު ތާވަލުގެ ދެވަނައަށް އެރުމަށް ލިބުނު ފުރުސަތު ޗެންޕިއަން މެންޗެސްޓާ ސިޓީ އިން ނަގާލައިފިއެވެ.

ގޮސިޔާ

މިދެޓީމު އެންމެ ފަހުން ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު 4-4 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި ވާއިރު، މެންޗެސްޓާ ސިޓީ އަތުން ޗެލްސީއަށް އެންމެ ފަހުން މޮޅެއް ހޯދިފައިވަނީ 2021 ވަނަ އަހަރު އެވެ.

އެއަހަރުގެ ޗެންޕިްއަންސް ލީގް ފައިނަލުގައި 1-0 ގެ ނަތީޖާއަކުން ޗެލްސީ އަތުން މެންޗެސްޓާ ސިޓީ ބަލިވި ފަހުން މިދެޓީމު ކުޅުނު 7 މެޗުގެ ތެރެއިިން 6 މެޗުން ސިޓީ މޮޅުވެފައި ވާއިރު، އެއް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރަތަަމަ ހާފުގައި ސިޓީ އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި ޗެލްސީން ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް.

އެގޮތުން ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި އެޓީމުގެ ސެނަގާލް ފޯވާޑް ނިކޮލަސް ޖެކްސަން އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން ދިފާއުކުރިއިރު، އޭގެ 10 މިނެޓު ފަހުން އެޓީމުގެ ރަހީމް ސްޓާލިން އަށް ލިބުނު ހުސް ފުރުސަތުގައި ވެސް ހުރަހަކަށް ވީ ސިޓީގެ ބްރެޒިލް ކީޕަރު އެޑަސަން އެވެ.

ޗެލްސީން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް ރަހީމް ސްޓާލިން އެވެ. މިއީ އެޓީމުގެ ނިކޮލަސް ޖެކްސަން މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ކައިރީގައި ހުރި ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ ކައިރިން ނައްޓާލުމަށް ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި މެންޗެސްޓާ ސިޓީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެނިޝް މިޑްފީލްޑަރު ރޮޑްރީ އެވެ. މިއީ ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 24 މެޗުން މެންޗެސްޓާ ސިޓީއަށް 53 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. އަދި މިމެޗުން ލިބުނު ޕޮއިންޓާއެކު 25 މެޗުން ޗެލްސީއަށް 35 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ