
ފަސޭހަކަމާއި އެކު ބާންލީ ބަލިކޮށް، އާސެނަލް އިން ލިވަޕޫލާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި
# އިގިރޭސި ޕްރިމިއާ ލީގް# އާސެނަލް# ބާންލީ # ބޭރު ދުނިޔޭގެ ކުޅިވަރުކައި ހާވަޓްޒް ބާންލީ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 5-0 ގެ ނަތީޖާއަކުން ބާންލީ އަތުން މޮޅުވެ އެއްވަނައިގައި އޮތް ލިވަޕޫލާއި ދެމެދުގައިވާ ފަރަގު އާސެނަލް އިން ދެ ޕޮއިންޓަށް ކުޑަކޮށްފި އެވެ.

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ވެސްޓްހަމް އަތުން 6-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މިމެޗުގައި ވެސް އެޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އެޓޭކިންގް ގޭމެކެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު ފުރަތަމަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއަލް މާޓިނެލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އާސެނަލް އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އިގިރޭސި ފޯވާޑް ބަކަޔޯ ސަކާ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އާސެނަލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ މިހާފުގައި އެޓީމުން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ބަކަޔޯ ސަކާ، ލިއަންޑުރޯ ޓްރޮސާޑް އަދި ކައި ހާވަޓްޒް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 25 މެޗުން އާސެނަލް އަށް 55 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ބާންލީން ލީގުގައި ކުޅުނު 25 މެޗުން ލިބުނު 13 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 19 ވަނައިގައެވެ.
ގުޅުންހުރި

ވާދަވެރި ކުޅުމަކަށްފަހު ފްރާންސް ބަލިކޮށް ޗެންޕިއަން ސްޕެއިން ނޭޝަންސް ލީގު ފައިނަލުން ޖާގަ ހޯދައި

ފަހަތުން އަރައި ޖަރުމަން ބަލިކޮށް ޕޯޗުގަލް ނޭޝަންސް ލީގް ފައިނަލުން ޖާގަ ހޯދައިފި

މެސީގެ މޮޅު ކުޅުމާއެކު ކޮލަމްބަސް އަތުން އިންޓަ މިއާމީއަށް ފަސޭހަ މޮޅެއް
