
ލީގު ތާވަލްގެ އެއްވަނާގައި އިންޓަ މިލާނުން 10 ޕޮއިންޓްގެ ލީޑެއް ނަގައިފަ
# ސެލެރްނިތާނާ# އިންޓަ މިލާން# ބޭރު ދުނިޔޭގެ ކުޅިވަރު# ފުޓްބޯޅަ # އިޓާލިއަން ސެރިއޭސެލެރްނިތާނާ ކޮޅަށް ލަނޑުޖެހުމަށް ފަހު އިންޓަ މިލާންގެ ކުޅުންތެރިން އުފާފާޅުކުރަނީ
އިޓާލިއަން ސެރިއޭގައި ހުކުރުދުވަހު ގެ ރޭ އަމިއްލަ ދަނޑުގައި ފަސޭހަކަމާއި އެކު 4-0 ގެ ނަތީޖާއަކުން ސެލެރްނިތާނާ އަތުން މޮޅުވެ އިންޓަ މިލާނުން ލީގު ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ އިންޓަ މިލާނުން މެޗު ޑޮމިނޭޓުކުރި އިރު އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރާންސްގެ ފޯވާޑް މާކަސް ތުރާމް އެވެ. މިއީ އެޓީމުގެ މިއީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކާލޯސް އަގަސްޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ދެ މިނެޓު ފަހުން އަގަސްޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ އަާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ.
މިމެޗުގައި އިންޓަ މިލާނުން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް ޑިފެންޑަރު ޑެންޒެލް ޑަމްފްރީސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ އިންޓަ މިލާނުން މެޗު ޑޮމިނޭޓުކުރި އިރު، މިހާފުގައި ވެސް އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި އެޓީމުން އިތުރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
މިމެޗުގައި އިންޓަ މިލާނުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އޮސްޓުރިއާގެ ފޯވާޑް މާކޯ އަރްނައުޓަވިޗް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 24 މެޗުން އިންޓަ މިލާނަށް 63 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޔުވެންޓަސް އަށް 24 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ސެލެރްނިތާނާ އިން ލީގުގައި ކުޅުނު 25 މެޗުން ލިބުނު 13 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ފުލުގައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




