logoEN
cocacola
މެޗަކުން ބަލިނުވެ މަސްއޮޑި ސްޕޯޓްސް ކުލަބުން ދެވަނަ ޑިވިޝަން ޗެންޕިއަންކަން ހޯދައިފި

މެޗަކުން ބަލިނުވެ މަސްއޮޑި ސްޕޯޓްސް ކުލަބުން ދެވަނަ ޑިވިޝަން ޗެންޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

2/16/2024, 1:54:42 PM

# ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް# ދިވެހި ކުޅިވަރު # ވިކްޓަރީ ސްޕޯޓްސް ކުލަބު # މަސްއޮޑި ސްޕޯޓްސް ކުލަބު

މަސްއޮޑި ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން ވިކްޓަރީ ބަލިކުރުމަށްފަހު އުފާފާޅުކުރަނީ

އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިއަދު ހަވީރު 3-2 ގެ ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކޮށް މެޗަކުން ބަލިނުވެ ސައްތައިންސައްތަ ރެކޯޑަކާއެކު މަސްއޮޑި ސްޕޯޓްސް ކުލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ގޮސިޔާ

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ މަސްއޮޑި ސްޕޯޓްސް ކުލަބުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.

މިއީ އެޓީމުގެ ޒިޔާން އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ހުސެއިން ޝަރީފް އެވެ. މިއީ ވިކްޓަރީގެ ކީޕަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ވިކްޓަރީ ސްޕޯޓްސް ކުލަބުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހުސެއިން ނިޔާޒު (ބޮކުރީ) އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މަސްއޮޑި ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވިކްޓަރީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަކްރަމް އަބްދުލް ގަނީއެވެ.

މަސްއޮޑި ޓީމުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު، އޮޑީލީ ޗިޑީ ފެލިކްސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން މަސްއޮޑި ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.

މިނަތީޖާއާއެކު މަސްއޮޑި ސްޕޯޓްސް ކުލަބުން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނު ސައްތަ އިން ސައްތަ ރެކޯޑަކާ އެކުގައެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ނިއުގެ ގާނާ ފޯވާޑް، ކޯފީ އޮވޫސޫ އެވެ. އޭނާ ވަނީ ހަތް ލަނޑު ޖަހައިފަ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ މަސް އޮޑި ޓީމުގެ އިސްލާމް ފިކްރީ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ