logoEN
cocacola
ރޯދަ މަހަށް ތައްޔާރުވުމަށް ޝައުބާން މަހު ރޯދަ ހިފުން މުހިންމު - ހުތުބާ

ރޯދަ މަހަށް ތައްޔާރުވުމަށް ޝައުބާން މަހު ރޯދަ ހިފުން މުހިންމު - ހުތުބާ

އަލްފާ އަލީ

logo

2/16/2024, 8:10:33 AM

# ހުތުބާ

މިއަދުގެ ހުތުބާ އަލި އަޅުވާލާފައިވަނީ "شَعْبَان  މަހާއި ހެޔޮޢަމަލު ކުރުން" މި މައުޟޫގެ މައްޗަށް ---

ރޯދަމަހަށް ތައްޔާރުވުމަށް ޝައުބާން މަހު ސުންނަތް ރޯދަ ހިފުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ގޮސިޔާ

މިއަދުގެ ހުތުބާ އަލި އަޅުވާލާފައިވަނީ "شَعْبَان މަހާއި ހެޔޮޢަމަލު ކުރުން" މި މައުޟޫގެ މައްޗަށެވެ.

ހުތުބާގައި ބުނެފައިވަނީ شَعْبَان މަހަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ހާއްސަވެގެންވާ މަހެއް ގޮތުގައެވެ. އޭގެތެރޭގައި އެމަހަކީ، رَمَضَانމަހަށް މަރްޙަބާ ކިޔަމުން އަންނަ މަހަށްވުން ހިމެނޭކަމަށް ބުނެފައިވެއެވެ.

"شَـعْباَنމަހުގެ ހަނދު ފެނުމާއެކު ކޮންމެ މުސްލިމެއްގެ ހިތަށް ވެރިވާނީ، ރޯދައިގެ މަތިވެރިކަމާއި، ރޭއަޅުކަމާއި، ޤުރްއާން ކިޔެވުމާއި، އިޢުތިކާފު ކުރުމާއި ހެޔޮޢަމަލުތަކެވެ. ސަވާބާއި، ރަޙްމަތުން ފުރިގެންވާ މަހަކަށް އެމަސް ވާތީއެވެ. رَمَضَانމަހަށް ތައްޔާރުވާ މަހެއްކަމުގައި އެމަސް ވާތީއެވެ. އެއީ، ރޯދައިގެ މަތިވެރިއަޅުކަމުގެ ސަބަބުން، ޝައިޠާނާގެ ކަސްތަޅުތަކުން ތިމާ ސަލާމަތްވުމަށާއި، ހަވާނަފްސުގެ އެދުން ތަކުން ނަޖާވެ، ވަހުމްތަކާއި ވަސްވާސްތަކާ ދުރުހެލިވެ، ސީދާ ވުމަށް ލިބޭ އަގުހުރި ފުރުޞަތަކަށް ވާތީ" - ހުތުބާ

ހުތުބާގައި ބުނެފައިވަނީ، ޞިއްޙީ ގޮތުންނާއި ޢުމުރުގެ ގޮތުން، އެކިމީހުންގެ ޙާލަތު ތަފާތު ކަމަށެވެ. އެހެންކަމުން އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ ޢަމަލު ކުރުމުގައި ދެމިހުރުމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އެހެންކަމުން ގައިގައި ބާރު ހުއްޓައި ހެޔޮ ކަންތައްތަކާއި ހެޔޮ އަމަލުކުރުމުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތް ކުރުމަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފައެވެ.

رَمَضَانމަހުގެ ރޯދަހިފުމަކީ، ކޮންމެ ދުވަހަކު ކުރާ އަޅުކަމަކަށްވެފައި، އެއަޅުކަމަށް ތައްޔާރުވުމަށް ހަށިގަނޑާއި ނަފްސު ހޭނުވުމަކީ ކޮންމެހެން ބޭނުންކަމެކެވެ. އެހެން ކަމުން شَـعْباَنމަހު ސުންނަތް ރޯދަ ހިފުމަކީ، އެދެވިގެންވާ ކަމެކެވެ. ކީރިތި ރަސޫލާ صلى اللّه عليه وسلم ގެ މާތް އަޞްޙާބުބޭކަލުންނާއި، އެބޭކަލުންނަށް ތަބަޢަވީ ބޭކަލުން، ހެޔޮޢަމަލު ކުރެއްވުން މިފަދަ ދުވަސްތަކުގައި ގިނަކުރައްވާފައި ވެއެވެ. އެބޭކަލުން ހިންގެވި މަގުން ހިނގައި، ސަވާބައި ދަރުމަ ލިބިގަތުމަށް ތިޔަބައިމީހުން އަވަސްވާށެވެ! - ހުތުބާ

ުސުވަރުގެއަށް ދިޔުމަށް މަގުކޮށާކަމުގައި ވާނަމަ، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ صلى اللّه عليه وسلم ގެ ސުންނަތަށް ޢަމަލު ކުރުމަށް މިއަދުގެ ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ތިމަންނައަށް ނޭނގެއޭ ބުނެ ބަރަކާތާއި ރަޙްމަތުގެ ދުވަސްތައް ނަގައި ނުލާ، ދަންނަ މީހުންކުރެ އަހައި އޮޅުންފިލުވުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ