logoEN
cocacola
ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ޓުލޫސް އަތުން މޮޅުވެ ބެންފީކާ އިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ޓުލޫސް އަތުން މޮޅުވެ ބެންފީކާ އިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން

logo

2/16/2024, 4:15:00 AM

# ބެންފީކާ # ފުޓްބޯޅަ # ޔުއެފާ ޔޫރޮޕާ ލީގު # ބޭރު ދުނިޔޭގެ ކުޅިވަރު# ޓުލޫސް

ޓުލޫސް އާއި ދެކޮޅަށް ކުޅުނު ބެންފީކާގެ ފުރަތަަމަ އެގާރަ މެޗުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން

ޔުއެފާ ޔޫރޮޕާ ލީގު ރައުންޑް އޮފް 32 ގެ ފުރަތަަމަ ލެގުގައި ބުރާސްފަތި ދުވަހުގެ 2-1 ގެ ނަތީޖާއަކުން ޓުލޫސް ބަލިކޮށް ބެންފީކާ އިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ގޮސިޔާ

ބެންފީކާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

ދެވަނަ ހާފުގައިި ބެންފީކާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް އަންހެލް ޑިމަރިއާ އެވެ. މިއީ ޓުލޫސްގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެކެވެ.

ޓުލޫސް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް ޑިފެންޑަރު މިކްކޭލް ޑެސްލަރ އެވެ. މިއީ އެޓީމުގެ ނެދަލޭންޑްސް ފޯވާޑް ތިޖަސް ޑަލިންގާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެންފީކާގެ ގޯލު އޭރިޔާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުން ބެންފީކާ މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ވެސް ޑިމާރިއާ އެވެ. މިއީ ޓުލޫސްގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ޑިފެންޑަރު ކްރިސްޓިއަން މަވީސާ އެލެބައި ކުރި ފައުލަކާއި ގުޅިގެން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެކެވެ. އަދި މިފައުލާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބެންފީކާ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ބެންފީކާގެ ދެލަނޑު ކާމިޔާބުކޮށްދިން އަންހެލް ޑިމަރިއާ އެވެ.

މިދެޓީމުގެ މެދުގައި ކުޅެވޭ ރައުންޑް އޮފް 32 ގެ ދެވަނަ ލެގުގެ މެޗު ޓުލޫސްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ