logoEN
cocacola
އުމުރުން 11 އަހަރުގެ އިޒްކާން, ކީރިތި ޤުރުއާން ހިތުދަސްކޮށް މިހާރު އެދެނީ ރޯދަމަހު އިމާމުވެ ތަރާވީސްކުރުމުގެ ފުރުސަތަކަށް

އުމުރުން 11 އަހަރުގެ އިޒްކާން, ކީރިތި ޤުރުއާން ހިތުދަސްކޮށް މިހާރު އެދެނީ ރޯދަމަހު އިމާމުވެ ތަރާވީސްކުރުމުގެ ފުރުސަތަކަށް

އައިޝަތު އިފާޝާ

logo

2/15/2024, 6:01:04 AM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު އިޒްކާންއާ ބައްދަލުކުރެއްވުން

އުމުރުން އެންމެ 11 އަހަރުގެ އަލް ހާފިޒު އިޒްކާން އަޖީބު ހުސައިން, ކީރިތި ޤުރުއާން ހިތުދަސްކޮށް މިހާރު އެދެމުންދަނީ ރޯދަމަހު އިމާމުވެ ތަރާވީސް ކުރުމުގެ ފުރުސަތަކަށް ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ޑރ ޝަހީމް މިހެން ވިދާޅުވީ, އުމުރުން 11 އަހަރުގެ އިޒްކާން ކީރިތި ޤުރުއާން ހިތުދަސްކޮށް އިމްތިހާނު ހަދައި ނިމުމުން އިޒްކާން އާއި އޭނާގެ މަންމައާއި ބައްޕައާއި ބައްދަލުކުރައްވައި އެބޭފުޅުންނާއެކު ނަންގަވާފައިވާ ފޮޓޯއެއް ސޯޝަލްމީޑިއާގައި ހިއްސާކުރަމުންނެވެ.

undefinedޑރ މުޙައްމަދު ޝަހީމް, އިޒްކާންއާއި އޭނާގެ މަންމައާއި ބައްޕައާ ބައްދަލުކުރެެއްވުން

ޑރ ޝަހީމް ވަނީ އިޒްކާން މިހާރު އެދެމުންދަނީ ރޯދަ މަހު އިމާމުވެ ތަރާވީސްކުރުމުގެ ފުރުސަތު ދެއްވުމަށެވެ. ޑރ ޝަހީމް ވަނީ އެފުރުސަތު އިޒްކާން އަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޑރ.ޝަހީމް ވަނީ އިޒްކާން މިހާ ޅަ އުމުރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށް ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި އިޒްކާންއަށް ހިތްވަރަކާއި ތައުރީފު ކުރައްވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ, މިއަހަރުގެ ރަމަޟާން މަހު މަސްޖިދުލް ނޫރުގައި އިޒްކާން ތަރާވީސް ނަމާދު ކުރާ ގޮތަށް ނިންމާފައިވާ ކަން ހާމަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
ހުސްނީ

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިފަދަ ފުރުސަތެއް އިޒްކާންއައްދެއްވީތީ މާތްﷲސުބުހާނަހޫވަތައާލާޔައް ހަމްދާއިޝުކުރުދަންނަވަން އަޅުގަނޑުގެދުއާޔަކީ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަރޭ ވެސް ތަރާވީހު ނަމާދުން މިސްކިއްފުރާލަދިނުން ވަރައްއުފާވެއްޖެ

މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ