logoEN
cocacola
ރޮނާލްޑޯ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު އަލް ފެއިހާ އަތުން އަލް ނަސްރަށް އުނދަގޫ މޮޅެއް

ރޮނާލްޑޯ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު އަލް ފެއިހާ އަތުން އަލް ނަސްރަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

2/15/2024, 12:09:36 AM

# އޭއެފްސީ ޗެންޕިއަންސް ލީގު # އަލް ނަސްރު # ބޭރު ދުނިޔޭގެ ކުޅިވަރު# ފުޓްބޯޅަ # އަލް ފެއިހާ

ރޮނާލްޑޯ އަލް ފެއިހާ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

އޭއެފްސީ ޗެންޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ފުރަތަަމަ ލެގުގައި ބުދަދުވަހުގެ ރޭ އަލް ފެއިހާ އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ނަސްރުން މުބާރާތްގެ ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ގޮސިޔާ

ސައުދީ ވެރިރަށް ރިޔާދުގެ ޕްރިންސް ފައިސަލް ބިން ފަހުދު ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ އަލް ނަސްރުން ނެވެ. އަފި މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން މިހާފުގައި އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު އޮޓާވިއޯ ގެ އިތުރުން ސްޕެނިޝް ޑިފެންޑަރު އެމެރިކް ލަޕޯޓް އަދި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުކުރެވި، ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އަލް ނަސްރުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން މިހާފުގައި އެޓީމުގެ މިޑްފިލްޑަރު މާސެލޯ ބްރޮޒޮވިޗް އަދި ފޯވާޑް އެންޑަސަން ޓަލިސްކާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔަ އިރު، އެޓީމުން މެޗުގެ ލީޑު ހޯދީ ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު މާސެލޯ ބްރޮޒޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން މިއީ ރޮނާލްޑޯ ކުލަބު ކެރިއަރުގައި ކުޅުނު 1000 މެޗުގައި އޭނާ ކާމިޔާބުކުރި 874 ވަނަ ލަނޑެވެ. އަދި މިސީޒަނުގައި އޭއެފްސީ ޗެންޕިއަންސް ލީގްގައި ރޮނާލްޑޯ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މިދެޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗު، އަލް ނަސްރުގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 23:00 ގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ