logoEN
cocacola
މަޖިލިސް 2024: ނަން އަނބުރާ ގެންދަން ދެ ދުވަސް!

މަޖިލިސް 2024: ނަން އަނބުރާ ގެންދަން ދެ ދުވަސް!

އަހުމަދު ޝުރާއު

logo

2/14/2024, 4:12:26 PM

# އިލެކްޝަން ކޮމިޝަން# މަޖިލިސް އިންތިހާބު 2024

މީގެ ކުރިން ރާއްޖޭގައި ބޭއްވި އިންތިހާބެއް - ފޮޓޯ | ޕީއެސްއެމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ މީހުންނަށް ކުރިޔަށް އޮތް ދެދުވަހުގެ ނިޔަލަށް ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ގޮސިޔާ

މަޖިލީސް އިންތިހާބަށް ކުރިމަތިލުމަށް ސުންޑި ހަމަވިއިރު 381 ހުށަހެޅުން ލިބިފައިވާ ކަމަށް އީސީން ވިދާޅުވެއެވެ. އެ ހުށަހެޅުންތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

އީސީއިން މިއަދު ބުނީ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ގެންދިޔުމަށް އެދޭ ފަރާތްތަކުން މި މަހުގެ 16 ގެ 14:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ނަން އަނބުރާ ގެންދާނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ކަމަށް އީސީން ބުނެ އެވެ.

View post on Twitter

މަޖިލިސް އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް ޕީއެންސީނެވެ. އެ ކޯލިޝަނުން 90 ކެންޑިޑޭޓުން ކުރިމަތިލާއިރު އެމްޑީޕީން 89 ކެންޑިޑޭޓުން، ޑިމޮކްރެޓްސް 41 ކެންޑިޑޭޓުން، ޕީއެންއެފް އިން 49 ކެންޑިޑޭޓުން، އަދާލަތުން 4 ކެންޑިޑޭޓުން އަދި ޖުމްހޫރީ ޕާޓީން 10 ކެންޑިޑޭޓުން ވާދަކުރަން ވަނީ ފޯމު ހުށަހަޅާފައެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް އިން ނިންމަވާފައިވަނީ އަންނަ މާރިޗު މަހުގެ 17 ގައެވެ. ނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން މިހާރު ވަނީ ފާސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ