logoEN
cocacola
ޗައިނާގެ ޝިއަންމެން އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

ޗައިނާގެ ޝިއަންމެން އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އަލްފާ އަލީ

logo

2/14/2024, 10:18:30 AM

# ޝިއަމެން އެއަރ# ފަތުރުވެރިކަން# ޗައިނާ - ރާއްޖެ

ޝިއަމެން އެއަރ އިންރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ ޗާޓަރު ދަތުރުތައް ---

ޗައިނާގެ ޝިއަންމެން އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ގޮސިޔާ

ޝިއަންމެން އެއަރ އިން ރާއްޖެއަށް ދަތުރުކުރާނީ، ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ޝިއަންމެން ސިޓީއިން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

ޝިއަންމެން އެއަރގެ ފުރަތަމަ ފުލައިޓަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހާއްސަހަރަކާތެއް ކުރިއަށް ގެންގޮސްފައިވާއިރު، މި ހަރަކާތުގައި ސަރުކާރުގެ އިސްވެރިންނާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ އިތުރުން، އެމްއޭސީއެލްގެ އިސްވެރިންވަނީ ބައިވެރިވެފައެވެ.

ޝިއަމެން އިންރާއްޖެއަށް ކުރާ ދަތުރުތަކަކީ ޗާޓަރު ދަތުރު ތަކެކެވެ. މި އެއަރލައިންގެ ފުރަތަމަ ދަތުރުގައި 230 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ދާދިފަހުންވަނީ ޗައިނާގެ ހޮންގް ކޮންގް އެއަރލައިނުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާފައެވެ. އަދި ޝިއަންމެން އެއަރއާއެކު ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު ވަނީ 5 އަކަށް އިތުރުވެފައެވެ. އެއީ ހޮންގް ކޮންގް އެއަރލައިން، ޝިޗުއާން އެއަރލައިން، ޗައިނާ އީސްޓަން އަދި ބެއިޖިން ކެޕިޓަލް އެއަރލައިންގެ އިތުރުން ޝިއަންމެން އެއަރލައިންއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އަދި ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް ސަރުކާރުވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ