logoEN
cocacola
ރަށުން ބޭރުގައި ޗެލްސީ އިން ފަހަތުން އަރައި ކްރިސްޓަލް ޕެލަސް ބަލިކޮށްފި

ރަށުން ބޭރުގައި ޗެލްސީ އިން ފަހަތުން އަރައި ކްރިސްޓަލް ޕެލަސް ބަލިކޮށްފި

ހަސަން ޝަމްއޫން

logo

2/13/2024, 1:00:00 AM

# އިނގިރޭސި ޕްރެމިއާ ލީގު# ފުޓްބޯޅަ # ޗެލްސީ # ބޭރު ދުނިޔޭގެ ކުޅިވަރު# ކްރިސްޓަލް ޕެލަސް

އިގިރޭސި މިޑްފީލްޑަރު ކޯނޯ ގަލެގާރ

އިގިރޭސި ޕްރެމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް ލަނޑެއް ކާމިޔާބުކޮށް ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ކާމިޔާބުކޮށް 3-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެ އެވެ.

ގޮސިޔާ

ލަންޑަނުގެ ސެލްހާސްޓް ޕާކްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި އެޓީމަށް ކްރިސްޓަލް ޕެލަސްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ނަމަވެސް މިހާފުގައި ޕެލަސް އިން ވަނީ ކައުންޓާ އެޓޭކުތަކުގައި ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ފުރަތަަމަ ހާފުގެ 30 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮލަމްބިއާ މިޑްފީލްޑަރު ޖެފަރސަން ލަރމާ އެވެ.

މިއީ ޗެލްސީގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ޗެލްސީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ކޯނޯ ގަލެގާރ އެވެ. މިއީ އެޓީމުގެ ފްރާންސް ޑިފެންޑަރު މަލޯ ގަސްޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ޗެލްސީ އިން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި އެޓީމުން މިމެޗުގައި ފުރަތަަމަ ފަހަރަށް ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ފުރަތަަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ގަލެގާރ އެވެ.

މިއީ އެޓީމުގެ މިޑްފިލްޑަރު ކޯލް ޕަލްމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕެލަސްގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ތިން މިނެޓު ފަހުން އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި ޗެލްސީގެ ލީޑު ފުޅާކޮށްދިނީ އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް އެވެ.

މިއީ ވެސް ޕަލްމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފެނާންޑޭޒް ކަމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 24 މެޗުން ޗެލްސީއަށް 34 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ކްރިސްޓަލް ޕެލަސް އިން ލީގުގައި ކުޅުނު 24 މެޗުން 24 ޕޮއިންޓް ހޯދާފައިވާ އިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 15 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ