logoEN
cocacola
އިހަވަންދޫ މަގުހެދުމުގެ މަޝްރޫއު ފަށައިފި

އިހަވަންދޫ މަގުހެދުމުގެ މަޝްރޫއު ފަށައިފި

އަލްފާ އަލީ

logo

2/12/2024, 1:57:05 PM

# ހއ. އިހަވަންދޫ

ހއ. އިހަވަންދޫ މަގުހެދުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ---ފޮޓޯ| ކޮންސްޓްރަކްޝަން މިނިސްޓްރީ

ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ގޮސިޔާ

ހއ. އިހަވަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އާއި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު އަދި އިހަވަންދޫ ކައުންސިލް ރައީސް އަހްމަދު ސޮބާހްއެވެ.

މި މަޝްރޫއުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ، 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައެވެ. އަދި މިއަދު މި މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ، މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ސާވޭތަކާއި ޑިޒައިންކުރުމުގެ މަސައްކަތް ނިންމުމަށްފަހު އެވެ.

އިހަވަންދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 15 މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނެއެވެ. އަދި މި މަގުތައް ހަދާނީ ޒަމާނީ ފެން ހިންދުމުގެ ނިޒާމާއިއެކު ކަމަށްވެސް އާރްޑީސީން މަޢުލޫމާތުދެއެވެ. އަދި މަގު ހަދާއިރު، މަގުގެ އަޑީގައި ވަޅުލާފައިވާ ހޮޅިތަކާއި ކޭބަލްތައް ރަނގަޅުކޮށް ވަކި އިންތިޒާމެއްގެ ދަށުން ވަޅުލުމުގެ މަސައްކަތްވެސް ކުރެވޭނެ ކަމަށް އާރުޑީސީން ބުންޏެވެ. މަގުހަދާ ނިމޭއިރު މަގުތަކުގައި ނިޝާންތައް ކުރަހާ މަގުބައްތިވެސް ހަރުކުރާނެ ކަމަށް އާރްޑީސީން ބުނެއެވެ.

102 މިލިޔަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތް 6 މަސްދުވަހުން ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ