
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އިހަވަންދޫއަށް!
# ރައީސް މުއިއްޒު# ހއ. އިހަވަންދޫ--
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ހއ. އިހަވަންދޫގައި ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރީ ރައީސުލްޖުމްހޫރިއްޔާ ހއ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި މި ދެ ޚިދުމަތް އިހަވަންދޫގައި ރަސްމީކޮށް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
އަރިހުގައި ކައުންސިލްގެ ރައީސް އަހުމަދު ސޮބާހް އާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދުވެސް ބައިވެރިވެވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން މިއަދު ހއ. އިހަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފައްޓާފަވާއިރު މި އައު ޚިދުމަތާ ގުޅިގެން، "އިމުގާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ހއ. އިހަވަންދޫއިން ނެގުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.
ހަމަމިއާއެކު ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތާއި އައިޑީކާޑު ޕްރިންޓް ކުރުމާއި ދޫކުރުމުގެ ޚިދުމަތް ފަށާނެ ރަށްރަށުގެ މަގުޗާޓުވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ރައީސް ޓްރަމްޕަށް ތަހުނިޔާ ފޮނުއްވައިފި

ގަރލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން، އެއީ އަންހެނުން ބިނާކުރުމުގެ އަގުހުރި ޚިދުމަތެއް- މެޑަމް ސާޖިދާ

ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރުން!




