logoEN
Sto top
އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބަނދަރުގެ މަސައްކަތަށް ޑްރެޖަރު އެރަށަށް!

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބަނދަރުގެ މަސައްކަތަށް ޑްރެޖަރު އެރަށަށް!

އަހުމަދު ޝުރާއު

logo

5/26/2025, 7:20:00 AM

# ހއ. އިހަވަންދޫ

--

އިހަވަންދޫ ފިޝަރީޒް ކޮމްޕެލެކްސް މަޝްރޫއުގެ ދަށުން ތަރައްގީކުރާ ބަނދަރުގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

Wamco

މަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނީ، ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުއަށް ބޭނުންވާ ޑްރެޖަރު މިހާރު އެރަށުގައި ބަނދަރުކޮށް އަމަލީ މަސައްކަތް ފެށުމަށް ތައްޔަރުވެފައިވާ ކަމަށެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ އޯގަސްޓް މަހުގެތެރޭގައެވެ. 130 މީޓަރުގެ ދިގު އެއްގަމަށް މަގަތުފާލަމަކާއެކު، 3 ޕޮއިންޓަކުން މަސްކިރޭ ގޮތަށް ގާއިމުކުރާ 3.5 މީޓަރުގެ ފުންމިނުގެ މި ބަނދަރު ހެދުމަށް، 58 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައި ވެއެވެ.

ހއ. އިހަވަންދޫގައި ސަރުކާރުން ގާއިމުކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 29 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 ޓަނުގެ ބްރައިން ފްރީޒިންގއަކާއި ފެސިލިޓީއަށް ބޭނުންވާ އޮފީސް އިމާރަތް އަދި ގުދަނުގެ އިތުރުން 7 މީޓަރު ފުން 1000މީޓަރުގެ ދިގުމިން ހުންނަ މަގަތު ފާލަމަކާއި 3 ޕޮއިންޓުން މަސްކިރޭ 4.5 މީޓަރު ފުން ފާލަން ޖެޓީއާއެކު ތަރައްޤީކުރާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside