
އިހަވަންދޫގައި އިސްލާމީ މަރުކަޒެއް ޤާއިމުކުރެއްވުމަށް ރައީސް ނިންމަވައިފި
# ރައީސް މުއިއްޒު# ހއ. އިހަވަންދޫރައީސް އިހަވަންދޫ ކައުންސިލާއި ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ އިހަވަންދޫ ސުކޫލުގައެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ އެރަށުގައި އިސްލާމީ މަރުކަޒެއް ގާއިމްކުރައްވާނެކަން ހާމަކުރައްވާފައި އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އިސްލާމިކް ސެންޓަރެއް ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީތީ ޝުކުރު އަދާކުރައްވާފައި އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި، ކުނި މެނޭޖްކުރާ ޤައުމީ ސިޔާސަތުގެ ތެރެއިން އިހަވަންދޫ ގައިވެސް ކުނި މެނޭޖު ކުރުމަށް ބޭނުންވާކަމަށާއި، ހޮސްޕިޓަލްގެ މަސައްކަތް އަވަހަށް ފެށުމަށާއި، މަގު ހެދުމަށާއި، ރިވެޓްމަންޓް ޖެހުމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފެށިގެން ދިއުން ހިމެނެއެވެ. މީގެ އިތުރުން، މަތީ ތަޢުލީމު ހާސިކުރުމަށް ކެމްޕަހެއް ޤާއިމު ކުރުމާއި، ބޭންކުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށާއި، ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ވިދާޅުވިއެވެ.އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވިދާޅުވީ އެ ކަނބަލުން މި ސަރުކާރާމެދު ދެކެނީ މިއީ ވަރަށް އުންމީދީ ސަރުކާރެއްގެ ގޮތުގައިކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ރަށުގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވައިދެއްވުމަށް އެކަނބަލުން އެދިވަޑައިގެންނެވިއެވެ. އަދި އެކަނބަލުންވަނީ ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޢުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަން ކުރެވެންހުރި ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާއި އެރަށުގެ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ހިއްސާކުރެއްވިއެވެ.
ގުޅުންހުރި

ޖުޑިޝަރީގެ މާލީ މިނިވަންކަން ކަށަވަރުކޮށްދިނުމަށްޓަކާ އަންނަ އަހަރުން ފެށިގެން، ބަޖެޓުން ވަކި އިންސައްތައެއް ޖުޑިޝަރީއަށް ކަނޑައަޅަނީ

ރާއްޖޭގައި އެންމެ ގިނައިން ބެނުންކުރާ ބާވަތްތަކުގެ މޭވާއާއި ތަރުކާރީ އެސްޓިއޯ މެދުވެރިކޮށް ގަނޑުކޮށް ރާއްޖެ އެތެރެކޮށް ވިއްކަން ނިންމައިފި

ކުރީގެ ރައީސުންނާއި މެމްބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހަޅަނީ
